ޚަބަރު
ޓެލެތޯނަށް ލިބުނު އާދަޔާހިލާފު ބޮޑު ތަރުހީބާއެކު އޮންލައިންކޮށް ފައިސާ ހަދިޔާކުރުމަށް އިތުރު ވަގުތު ދީފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް “ފަލަސްތީނާއެކު ދިވެހީން” ނަމުގައި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ޓެލެތޯނަށް ލިބުނު އާދަޔާ ޚިލާފު ބޮޑު ތަރުހީބާއެކު ރޭ 12 ޖެހިއިރު ކަވަރޭޖް ނިންމާލި ނަމަވެސް އޮންލައިންކޮށް ފައިސާ ޖަމާ ކުރަން ބޭނުންވާ ފަރާތްތަކަށް ވަގުތު އިތުރުކޮށް ދީފިއެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް ބޭއްވި ޚާއްސަ ޓެލެތޯނުގައި މާލެ ސަރަހައްދުގައި ބެހެއްޓި 13 ފަންޑު ފޮށީގެ އިތުރުން ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދު ތަކުގައިވެސް ބަހައްޓާފައިވާ ފޮށިތަކާއި އަދި އޮންލައިންކޮށް ފައިސާ ޖަމާކުރުމަށް ހުޅުވާލި ފުރުސަތުގައި، ރޭގެ ބާރައާ ހަމައަށް ޖަމާވި ފައިސާ ގުނުމުގެ މަސައްކަތް ޕީއެސްއެމުން މިހާރު ދަނީކުރަމުންނެވެ.

ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރު ޒީނާ ޒާހިރު ވިދާޅުވީ ޓެލެތޯންގެ ކަވަރޭޖު މިވަގުތު ނިންމާލިނަމަވެސް، ބުރާސްފަތި ދުވަހުގެ އިރުއޮއްސި 06:00 އާ ހަމައަށް އޮންލައިންކޮށް ފައިސާ ޖަމާކުރުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށެވެ. އެގޮތަށް ހަމަޖެއްސީ އަދިވެސް ފައިސާ ޖަމާކުރަން ބޭނުންވާ އެތައް ބަޔަކު ތިބުމާއި ގުޅިގެން ގިނަ ބައެއްގެ އެދުމުގެ މަތީންކަމަށް ޒީނާ ވިދާޅުވިއެވެ.

މި ޓެލެތޯނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ދެކަނބަލުން، ވަޒީރުން، ސަރުކާރާއި އަމިއްލަ ކުންފުނިތައް، ޚާއްޞަކޮށް ޢާންމު ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މި ޓެލެތޯން ފަށްޓަވައި ދެއްވައި ވިދާޅުވީ، ފަލަސްތީނުގައި ހިނގަމުންދަނީ ދެ ޤައުމުގެ ދެމެދުގައި ކުރިއަށްދާ މައްސަލައެއް ނޫން ކަމަށާއި މިއީ މުޅި އިސްލާމީ އުއްމަތަށް ދިމާވެފައިވާ ކަމެއް ކަމަށެވެ. އަދި މުސްލިމުންނަށް ދިމާވާ މިފަދަ ކަންކަމުގައި މުޅި އުއްމަތް ޝާމިލްވާންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ މި ގޮވާލެއްވުމަށް، އިިލްތިމާސަށް ސަރުކާރުގެ ކުދިބޮޑު ކުންފުނިތަކާއި މުވައްސަސާތަކުގެ އިތުރަށް އާންމު ރައްޔިތުންގެ ފަރާާތުންވެސް އިއްޔެ ދައްކުވައިދީފައިވަނީ ޖޯޝާއި އިހުލާސްތެރިކަމުން ފުރިގެންވާ ވަރުގަދަ ފުރިހަމަ ނަމޫނާތަކެކެވެ.

ހައްޖުކޯޕަރޭޝަނުން ފަލަސްތީނުގެ ފަންޑަށް ދިން އެހީގެ ރަމްޒީޗެކް ހަވާލުކުރުމުގެ ތެރެއިން

ފަލަސްތީނާއެކު ދިވެހިން ޓެލެތޯން؛ ފަލަސްތީނު ފަންޑަށް ބައިލައްކައިން، ލައްކައިން ބައިމިލިއަނުން، މިލިއަނުން ދެމިލިއަނުން ފައިސާ ހަދިޔާކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

އޮންލައިންކޮށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް 2 އެކައުންޓެއްވަނީ ހުޅުވާފައެވެ. އެގޮތުން ފައިސާ ޖަމާކުރެވޭނީ ދިވެހި ފައިސާއިންނަމަ 7730000655865 އަދި ޑޮލަރުން ނަމަ، 7730000655866 އެކައުންޓަށެވެ.

ފެނަކަ ކޯޕަރޭޝަނުން ފަލަސްތީނުގެ ފަންޑަށް ދިން އެހީގެ ރަމްޒީޗެކް ހަވާލުކުރުމުގެ ތެރެއިން

މި ޓެލެތޯނަށް ލިބޭ ފައިސާގެ ހުރިހާ ކަމެއް ކުރިއަށްގެންދަނީ މިނިވަން އޮޑިޓަރެއްގެ ގޮތުގައި “ކްރޯ މޯލްޑިވްސް އެލްއެލްބީ” ބެލުމުގެ ދަށުންނެވެ.

މި ޓެލެތޯނުން ލިބޭ ހުރިހާ ފައިސާއެއް ފަލަސްޠީނަށް ދިނުމަށް ހަމަޖެހިފައިވަނީ ދިވެހި ޚާރިޖިއްޔާ މެދުވެރިވެ، ފަލަސްޠީނަށް އެހީވުމަށް އުފައްދާފައިވާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް “އަންރުވާ” މެދުވެރިކޮށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!