ޅެންއަށި
ޞިއްޙީ ޚިދުމަތްތެރިންނަށް ޝުކުރިއްޔާ

ޅެން:ޞިއްޙީ ޚިދުމަތްތެރިންނަށް ޝުކުރިއްޔާ
މުހައްމަދު އަަޖީބު

ޖައްވާ ފަޒާގައި ގުގުމަނީ، ތިޔަ ޚިދުމަތަށް ތަޢުރީފެކޭ
އިއްވާލުމަށް ދުލުގައިވަނީ، ލޯބިން ނިހާއީ ޝުކުރެކޭ

ކުޅަދާނަ ނަރުހުން ޑޮކްޓަރުން، ޞިއްޙަތުގެ ފަންނީ މާހިރުން
ދުޅަހެޔޮ ކަމަށް އެދި އުއްމަތަށް، ދެއްކީ ރިވެތިވި މިސާލެކޭ

ބިރުވެރިކަމުން މުޅި ދުނިޔެ ސިހި، އިނދަޖެހުނު ނާޒުކު ވަގުތުގާ
ޤުރުބާންވި ތިޔަ ބަޠަލުންނަކީ، ޤައުމަށް ލިބުނު ބޮޑު ޝަރަފެކޭ

ވަރުބަލިކަމެއް ނެތި ރޭދުވާ، ކޮވިޑުން ނަޖާވާން ހޭދަކޮށް
މަރުފަދަ ނުރައްކަލުގާ ކުރީ، ތަޢުރީފު ޙައްގު ޖިހާދެކޭ

ވެކްސިންތަކުން ހިނިތުންވުމެއް، ލިބިގެން މިދާހިނދު ދުނިޔެއަށް
ތަކުރާރުކޮށް ތިއަރިސްތަކަށް، ހަދިޔާކުރާމީ ޝުކުރެކޭ

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!