އަޟްޙާ އީދާއި ގުޅިގެން އަންނަ ސަރުކާރު ބަންދު ދުވަސްތަކުގައިވެސް އާސަންދަ ޚިދުމަތް މެދުނުކެޑީ ލިބޭނެ ކަމަށް އާސަންދަ ކުންފުނި ބުނެފިއެވެ.
އާސަންދައިން މިއަދު ބުނީ އާސަންދައިގެ ވިރަ ކައުންޓަރުތަކުން ކޮންމެ ދުވަހަކުވެސް ހިދުމަތް ދޭނެކަމަށެވެ.
ޢީދު ބަންދުތެރޭ، ފެން ބިލްޑިންގައި ހުންނަ އެ ކުންފުނީގެ ފްރަންޓް އޮފީސް ބަންދުނަމަވެސް، ހޮސްޕިޓާތަކުގައި ގާއިމުކޮށްފައިވާ ‘ވިރަ’ ކައުންޓަރުތަކަށް، ހުކުރު ދުވަސްވެސް ހިމެނޭހެން، ކޮންމެ ދުވަހަކުވެސް އެޕްލިކޭޝަން ހުށަހެޅޭނެކަމަށް ވެސް އާސަންދައިން ބުނެއެވެ.
މިގޮތުން އާސަންދަ މޮބައިލް އެޕާއި މައި އާސަންދަ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށްވެސް ފަސޭހަކަމާއެކު އެޕްލައިކުރެވޭނެ ކަމަށް އާސަންދައިން ވަނީ ބުނެފައެވެ.
މޖޫން 17 އަދި 18، އެ ދެދުވަހު ހުޅުމާލެ ހޮސްޕިޓަލުގެ ވިރަ ކައުންޓަރުން ހެނދު 8:00 އިން ހަވީރު 4:00 އަށް ފޯމުތައް ބަލައިގަންނާނެކަމަށް އާސަންދައިން ވަނީ ބުނެފައެވެ.
ޢީދު ބަންދުގައި، ވިރަ ކައުންޓަރުތައް ހުޅުވިފައި ހުންނަ ގަޑިތައް:
- އައިޖީއެމްއެޗްގެ ކައުންޓަރު ހެނދުން 8:00 އިން ރޭގަނޑު 12:00 އަށް
- ޓްރީޓޮޕް އަދި އޭޑީކޭ ހޮސްޕިޓަލް ކައުންޓަރު މެންދުރު 2:00 އިން ރޭގަނޑު 22:00 އަށް އަދި
- އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓާ، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓާ އަދި ފ. އަތޮޅު ހޮސްޕިޓަލުގައި ކައުންޓަރު ހެނދު 8:00 އިން ހަވީރު 4:00 އަށް