ޚަބަރު
އުއްމީދު ކުރަނީ ދެން އަންނަ ރޯދައިގެ ކުރިން ސަލްމާން މިސްކިތް ހުޅުވޭނެ ކަމަށް: އިސްލާމިކް މިނިސްޓަރު

ސައުދީ އަރަބިއްޔާގެ ހިލޭ އެހީގެ ދަށުން ރައިސް ޔާމީންގެ ސަރުކާރުގައި އިމާރާތްކުރަން ފެށި ކިންގް ސަލްމާން މިސްކިތް ދެން އަންނަ ރޯދަމަހުގެ ކުރިން ހުޅުވޭތޯ މަސައްކަތް ކުރަމުންދާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި ސަލްމާން މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތަށް ސައުދީގެ ވަފުދެއް ރާއްޖެ އަންނަ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ސަލްމާން މިސްކިތް ހުޅުވުމަށް ކުރިން ހަމަޖެހިފައި އޮތީ މިއަހަރުގެ ރޯދަމަހަށް ކަމުގައިވިޔަސް މިސްކިތަށް ބޭނުންވާ ވަސީލަތްތައް ޤާއިމް ނުކުރެވޭތީ މިސްކިތް ނުހުޅުވުނީ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ މައުލޫމާތުދީފައެވެ.

އެހެންކަމުން މިސްކިތް ހުޅުވުމުގެ މަޝްވަރާކުރަން ރާއްޖެ އައި ސައުދީ ވަފުދު ފުރައިގެން ދިޔައީ ކިންގް ސަލްމާން މިސްކިތަށް ވަޑައިގެން އެތަނަށް ބޭނުންވާ އިތުރު ސާމާނުތަކަކީ ކޮބައިތޯ ބައްލަވާލައްވާފައެވެ.

މިމިސްކިތަކީ އެއްފަހަރާ 6000 މީހުންނަށް ނަމާދުކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ހަ ފަންގިފިލާގެ ބޮޑު އިމާރާތެކެވެ. 24 މިލިޔަން ޑޮލަރުގެ މިއިމާރާތުގައި ކުތުބުޚާނާއަކާއި، ގުރްއާނާއި ބެހޭ މަރުކަޒަކާއި، މަލްޓި-ޕާރޕަސް ހޯލަކާއި، ކްލާސްރޫމްތަކުގެ އިތުރުން، ޖަލްސާކުރާ މާލަންތަށް ހިމެނެއެވެ.

ސަލްމާން މިސްކިތަކީ މެލޭޝިޔާގެ ކުންފުންޏެއްގެ ޑިޒައިނެއް ކަމަށާއި ކުޑަކުޑަ ބަދަލެއް ގެނެސްފައިވީ ނަމަވެސް ކުންފުނީގެ ޑިޒައިން ކޮޕީކުރިކަމަށް ބުނެ އެކަން ކުށްވެރިކޮށް އެކުންފުނިން ވަނީ އިސްލާމިކް މިނިސްޓްރީއަށް ސިޓީ ފޮނުވާފައެވެ. މިކަމާ ބެހޭ ގޮތުން ރައީސް އޮފީހުގައި މަޝްވަރާތައް ކުރުމަށްފަހު އިސްލާމިކް މިނިސްޓްރީން ވިދާޅުވަނީ މެލޭޝިޔާގެ ކުންފުންޏަށް އިންސާފް ހޯދައިދިނުމަށް ކޯޓަށްވެސް ދާނެ ކަމަށެވެ. އަދި މިއީ ރައީސް ޔާމީންގެ ސަރުކާރުގައި ހިންގާފައިވާ ޖަރީމާއެއް ކަމަށެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!