ޚަބަރު
އުމުރުން ދުވަސްވީ ފަރާތްތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުމުގެ މަޝްވަރާތަކެއް އިންޑިއާގައި ކުރިއަށް ގެންގޮސްފި

އުމުރުން ދުވަސްވީ ފަރާތްތައް ދުޅަހެޔޮކަން ކަށަވަރުކުރުމުގެ މަޝްވަރާތަކެއް އިންޑިޔާގެ ނިޔުދިއްލީގައި ކުރިޔަށް ގެންގޮސްފިއެވެ.

އުމުރުން ދުވަސްވީ ފަރާތްތައް ދުޅަހެޔޮކަން ކަށަވަރުކުރުމުގެ މަޝްވަރާތައް ކުރެވިފައިވަނީ މިހާރު ކުރިއަށްދާ ސައުތު އީސްޓް އޭޝިއާގެ ސަރަހައްދީ ބައްދަލުވުމުގައެވެ. މި ބައްދަލުކުރުމުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ބައިވެ ވަޑައިގެންފައެވެ.

އެ ވުޒާރާގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވީ އެލްޑާލީ ރައިޓްސް އެންޑް ވެލްބިއިންގް ސެކްޝަނުގެ ފަރާތުން ވަޒީރުގެ ނާއިބު އާމިނަތު އިސްމާއިލެވެ. އެފަރާތުގެ އިތުރުން އެ ބައްދަލުވުމުގައި ޞިއްޙީ ވުޒާރާގެ މަންދޫބުންވެސް ވަނީ ބައިވެރިވަޑައިގެންފައެވެ

އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނީ އެ ބައްދަލުވުމުގައި ބައިވެރިވި ޞިއްޙީ ވުޒާރާގެ ޓީމުން ވަނީ އުމުރުން ދުވަސްވީ ފަރާތްތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ރާއްޖޭގައި އެކުލަވާލެވިފައިވާ އެކި ސިޔާސަތުތަކާއި އިސްރަށްވެހިންނަށް ފޯރުކޮށްދެވޭ ތަފާތު ޚިދުމަތްތަކާއި ގުޅޭގޮތުން ހުށަހެޅުމެއް ހުށައަޅާފައި ކަމަށެވެ.

މި މަހުގެ 12 އިން 13 އަށް ދުނީގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އެ ބައްދަލުވުމުގައި އިސްރަށްވެހިންނަށް ޚާއްސަ ސިޔާސަތުތައް އެކުލަވާލުމުގައި މުޙިންމުކަންދޭންޖެހޭނެ ކަންކަމާއި، އެފަރާތްތަކުގެ ދުޅަހެޔޮކަން ކަށަވަރު ކުރުމުގައި އަދި އެފަރާތްތަކަށް ޚާއްސަ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަކާއި، މި ކަންކަން ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި އަދި މި ބައްދަލުވުމުގައި ބައިވެރިވި 10 ޤައުމުގެ މި ދާއިރާގެ ތަޖުރިބާތައް ވަނީ ހިއްސާކޮށްފައެވެ.

އެ ބައްދަލުވުމުން ހާސިލްކުރުވޭ އެންމެ މުޙިންމު ކަމަކަށް ވާނީ އިސްރަށްވެހިންގެ ދުޅަހޮޔޮކަމާއި ބެހޭ ސަރަހައްދީ އޮނިގަނޑެއް އެކުލަވާލުން ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެ އިތުރުން އިސްރަށްވެހިންނަކީ މުޖުތަމަޢުގައި އުފާވެރި، ދުޅަހެޔޮ، އަބުރުވެރި، ރައްކަތެރި އަދި މުޖުތަމަޢުގެ ކޮންމެ ކަމެއްގައި އެ ފަރަތްތަކުގެ ބައިވެރިވުން އޮތް ދިރިއުޅުމެއް އުޅޭ ބަޔަކަށް ހެދުމަށް އަދުގެ ސަރުކާރުން ނުހަނު ބޮޑު އިސްކަމެއް ދެއްވާނެ ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

މިކަމުގައި ރައީސުލްޖުމުހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސްއްވުރު ހަޤީގަތަކަށް ހެދުމަށްޓަކައި އެ ވުޒާރާއިން އަންނަނީ މުޙިންމު ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށްވެސް ވަނީ ބުނެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!