ޚަބަރު
ހައްޖުވެރިން މިނާގައި، މިނާއަށްފަހު ދާނީ އަރަފާތަށް. އެންމެންގެ ހާލުވެސް ރަނގަޅު!

ހައްޖުގެ މަތިވެރި އަޅުކަމަށް ދިޔަ ދިވެހި ހައްޖުވެރިންގެ ތެރެއިން އެއްބައި މީހުން މިނާއަށް ދަތުރުކޮށްފިއެވެ.

އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސޯޝަލްމީޑިޔާ ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ހައްޖާޖީންގެ ތެރެއިން 577 ހައްޖުވެރިން މިހާރު ތިބީ މިނާގައި ކަމަށާއި، ދިވެހި ހައްޖުވެރިން ގޮވައިގެން ދަތުރު ކުރާ އެހެން ބަސްތައް މިހާރު މިނާއަށް ދަތުރު ކުރަމުންދާ ކަމުގައެވެ.

މިނިސްޓަރ ވިދާޅުވީ ހުރިހާ ހައްޖުވެރިންވެސް މިއަދު މިނާއަށް ވަދަ ނިމޭނެކަމަށާއި، ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަގަޅުކަމަށެވެ.

މިނާއަށްފަހު ދެން ހައްޖުވެރިން ދާނީ އަރަފާތަށެވެ. އެއީ ހައްޖުގެ އެންމެ މުހިންމު ރުކުނެވެ. އެދުވަހުގެ އިރު އޮއްސުމުގެ ކުރިން އަރަފާތަށް ނުދެވޭ މީހަކަށް ހައްޖު ނުލިބޭނެއެވެ.

ރާއްޖޭން ހައްޖުގެ އަޅުކަމަށް ފުރި ހައްޖުވެރިންގެ މައުލޫމާތު އިސްލާމިކް މިނިސްޓްރީން އަންނަނީ ވަގުތުން ގެނެސްދެމުންނެވެ.

ސައުދީ ކަލަންޑަރުގައި އޮތް ދުވަހަށްވުރެ އެއް ދުވަސް ކުރިން މިއަހަރުގެ ހައްޖު މަހުގެ ހަނދު ފެނިފައިވާތީ ހައްޖު ދުވަސް އެއްދުވަސް ކުރިއަށް އަވަސް ވެފައެވެ. އެހެންކަމުން މިއަހަރުގެ ހައްޖު ދުވަހަކީ މާދަމާ، 15 ޖޫން 2024 ވާ ހޮނިހިރު ދުވަހެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!