ރިޕޯޓް
ބޮޑު ޢީދެއް އަންނައިރު ތިރަށުގަ އޮތީ ކޮންކަމެއް؟ ‘އަހަރެން ރަށުގަ ނެތް އެއްކަމެއްވެސް’!

ކުރިއަށް އޮތީ އަޟްހާއީދެވެ. ސޯޝަލްމީޑިއާގެ ޕްލެޓްޕޯމްތަކުން ފެންނަނަނީ އީދަށް ތައްޔާރުވުމަށް އަވަދި ޒުވާނުންނާއި ރަށުގެ ކުދިބޮޑު އެންމެން ހޭލަމޭލަވެ އުޅޭ ތަނެވެ. ކޮންމެ ރަށަކުންވެސް ކުރާ ކަންތައްތަ ވޯޑިއޯ ހެދުމަށްފަހު ސޯޝަލް މީޑިއާއަށް ދޫކޮށްލާއިރު އަސްލުގަވެސް ހަމަ ވަރަށް ފޯރިގަދަކަން އެނގެއެވެ.

ދިވެހި ސަގާފީ ކުޅިވަރުތަކާއި ފަހުގެ ވައްޓާފާޅިއަށް ކުޅިވަރުތައް ކުޅުމަށް ތައްޔާރުވަމުންދާތަން ފެނި ހަމަ ދާ ހިތުން ހިތް އޮތީ އަވަސްވެފައެވެ. އެކަމަކު ގޮސްފަ ނުދާނެ އެއްމެ ރަށެއްވެސް ނެތެވެ. އީދު ހަރަކާތްތައް ބަލާލަން ނުދެވޭމީހުން ޓީވީން ބަލާލުމުން ވެސް ފުދޭނެތާ!

އިދުގެ ފޯރި ރަށްރަށުން ފެންނާތީ ޒުވާން ކުދިންކޮޅަކާއި ދިމާކޮށް ބައްދަލުކޮށް އީދުގެ ވާހަކަ އަހާލާ ހިތްވިއެވެ.

ބޮޑު ޢީދެއް އަންނައިރު ތިރަށުގަ އޮތީ ކޮންކަމެއް،؟

“އަހަރެން ރަށުގަ އީދަށް އެއްކަމެއްވެސް ނުކުރޭ”

ރަށެއްގެ އީދު ފާހަގަނުކުރާ ވާހަކައަކީ ދެން ވަރަށް ދެރަ ވާހަކައެވެ. ޒުވާނާ އެހެންބުނިއިރު ހަނގީގަތުގައިވެސް އޭނާ ހުރީ ވަރަށް ދެރަވެފައެވެ. ވާނީވެސް އެހެންތާއެވެ. ކުރިއަށް އޮތީ ބޮޑު އީދު ވިއްޔާއެވެ.

އަހަރެން ބުނިމެވެ. ދެރަނުވާށެވެ. އަދި ބާކީ އެއްދުވަސް އެބައޮތެވެ. ކައުންސިލުން ޖަމިއްޔާއަކުން އިސްނަގައިގެން އީދު ފާހަގަކުރާނެ ކަމަކަށް ނުތިބެ މިފަހަރު ނިކަން ޒުވާނުން ނުކުމެ އީދު ފާހަގަކޮށްލަންވީ، ޒުވާނާ ހިތްހަމަ ޖައްސާލީމެވެ. ބޯ ކަހަމުން ބޯ ޖަހާލަމުން އޭނަ ހިނގައިގަތެވެ.

ސަރުކާރުންވެސް ވަނީ މި ފަހަރު އީދު ކުޅިވަރުގެ ތެރެއަށް ވަދެފައެވެ. ރާއްޖޭގެ ތިން ރަށެއްގައި އީދު ކުޅިވަރު ކުޅުމަށް ސަރުކާރުން ވަނީ ތައްޔާރުވެފައެވެ. އެގޮތުން ސަރުކާރުން އީދުކުޅިވަރުކުޅުމަށް ހާއްސަކުރި ތިން ރަށަކީ ރ. އުނގޫފާރާއި، ދ. ކުޑަހުވަދޫގެ އިތުރުން ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިއްޔެވެ.

މި ރަށްތައްވެސް އީދަށް ތައްޔާރުވުމަށް އަވަދިނެތި އުޅެމުންދާއިރު، މުޅި ރާއްޖެވެސް އީދުކުޅިވަރުތަކަށް ތައްޔާރުވަމުންދަނީ އެއްރޫހެއްގައެވެ. އެއްވާނެއްގައި އަވަދިނެތި ޒުވާނުން ހަރަކާތްތެރިވާއިރު މި ރަށްތަކުގައި އީދަށް ތައްޔާރުވުމަށް ކޮށްއުޅޭ މަސައްކަތްތައްވެސް ދަނީ ދުވަހާ ކައިރިވާ ވަރަށް ތަރުތީބުވަމުންނެވެ.

މުސްލިމުންނަށް އަންނަ ދެއީދުގެ އުފާވެރި ކަމަކީ ކޮންމެ މީހަކުވެސް ލިބިގަނަން ބޭނުންވާނެ އުފަލެވެ. ޢީދެއް އަންނައިރު ތިރަށުގަ އޮތީ ކޮންކަމެއްހެއްޔެވެ. މީ ބޮޑު ސުވާލެކެވެ. އަހަރެން ރަށުގަ ނުކުރަނީ ކޮންކަމެއް، މިހެން ނުބުނާ މީހަކާވެސް ދިމާވާލެއް މަދެވެ.

އީދަށް ރަށްރަށަށް ދާންމީހުން ފުރަން މާލޭ ބަނދަރުމަތީގަ/ ފޮޓޯ : މުސްލީ

ޓިކެޓް އެހާމެ ބާރުބޮޑެވެ. ފުރަންދާ މީހުންތިބީ ޓިކެޓް ނުލިބި ކިއު ގައެވެ. މާލޭ ބަނދަރު މައްޗަށް ބަލާލުމުންވެސް ފެންނަނީ އީދު ފޯރީގަ ކުޅިވަރު ބަލާލަން ރަށްރަށަށްދާން މީހުން ތައްޔާރުވެފައިވާ ތަނެވެ. ރާއްޖޭގައިމީހުން އުޅޭ 188 ރަށް އޮތްއިރު، މިފަހަރުގެ ކުޅިވަރު ފޯރިދައެވެ. ތަފާތު ހަރަކާތްތަކަށް ރަށްރަށުން ތައްޔާރުވެފައިވާއިރު ހަވާއެރުވުމާއި، އީދު ބަޑި ރޯކުރުމެވެ.

އުޝުހިޔާ ކަތިލުމާއި، ބޮޑުބެރުޖެހުމާއި، އީދު ޕެރޭޑެވެ. އިދު މަޅި ރޯކުރުމާއި އީދު ޝޯވްގެ އިތުރުން މަސްރޭސްމެއެވެ.

ބޮއްކުރާ ރޭހާއި، ސަގާފީ އީދު އާއިލާ އެވެ. ފެތުމުގެ ރޭހާއި، މިހެން ގޮސް އެތައްކަމެވެ. ލިސްޓްއޮތީ އަތްނުފޯރާހާ މަތީގައެވެ. އީދު ފާހަގަނުކޮށް ނުތިބެ އަވަސް ކޮށްލަމާ، އަދި ވަގުތު އެބައޮތެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!