ރިޕޯޓް
ހައްޖު ދުވަހުގެ ހާއްސަ ކަމާއެކު، މުސްލިމުންގެ އަޑު މުޅި ދުނިޔޭގައި ދަނީ ގަދަވަމުން!

މިއަދަކީ 1445 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ 9 ވަނަ ދުވަހެވެ. އާދެ! މިއަހަރުގެ ޢަރަފާތު ދުވަހެވެ. އަހަރުގެ އެހެން ދުވަސްތަކުގެ މައްޗަށް ގަދަފަދަ ވެފައިވާ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ މަތިވެރިކުރައްވައި މާތް ކުރައްވާފައިވާ ދުވަހެކެވެ. މިއަދުގެ އަޅުކަމަށްޓަކައި، ދުނިޔޭގެ އެކިކަންކޮޅުތަކުން މައްކާގެ މާތްވެގެންްވާ ބިމަށް ޖަމާވެ، އަރަފާތުގެ ހާއްސަ މައިދާނުގައި ދެއަތް ނަގައި ﷲއަށް ތަކުބީރު ކިޔަމުންދަނީއެވެ. ތަކުކްބީރު ކިޔުމާއި (لله أكبر) ތަހްލީލު ކިޔުމާއި (لَاإِلٰهَ إِلَّاٱلله) ތަސްބީހަ ކިޔުމާއި (سُـبْحانَ الله) އަދި ﷲގެ ހަޟުރަތައް ހަމްދުކުރުމުގެ (ٱلْحَمْدُ لِلَّٰهِ) އަޑުން ގުގުމަނީއެވެ.

ހައްޖުގެ އަޅުކަން އަދާ ކުރުމަށް އުމުރުގައި މަދުވެގެން އެއްފަހަރު އަދާކުރުން ލާޒިމުކުރާ މުގައްދަސް އަޅުކަމެކެވެ. އިސްލާމްކަމުގެ ފަސްރުކުނުގެ ތެރެއިން އެންމެ ފަހުގެ ރުކުނެވެ. ކެރިކުޅަދާާނަވެގެންވާ މީހާ މައްކާގެ ބިމަށް ގޮސް އަދާ ކުރަން ޖެހޭ އަޅުކަމަކަށްވާއިރު، މިއަޅުކަމަށް ނުދެވޭ މީހާއާމެދުވެސް ﷲ ތައާލާގެ ރަހުމާނުވަންތަ ކަމާއި ރަހީމްވަންތަ ކަމުގެ ދޮރާށި ވަނީ ހުޅުވާލެވިފައެވެ. އެގޮތުން މިއަދު، އާދެ ޢަރަފާތު ދުވަހުގައި  ރޯދަ ހިފުމަކީ މާތްވެގެންވާ ސުންނަތެކެވެ. މިއަދުގެ ރޯދައަކީ ވޭތުވެދިޔަ އަހަރާއި އަންނާން އޮތް އަހަރަށްވާ ކައްފާރާއެއް ކަމުގައި ވަނީ ލައްވާފައެވެ.

ހައްޖުގެ އަޅުކަމުގައި ކައުބާާގައި….ފޮޓޯ:އަރަފާތުއިމޭޖަސް

މުސްލިމުންގެ އަޑު ހިމޭންކޮށްލައި، މުސްލިމުން ނެތި ފަނާކޮށްލުމަށް ގަސްދުކޮށްގެން އެ ނިޔަތުގައި ނުކުމެ އުޅޭ އިސްލާމްދީނުގެ ޢަދުއްވުންނަށް މިއަދަކީ ނާކާމިޔާބީގެ ހިތރަހަ ގަދަ ދުވަހެކެވެެ. އަދި އެބައިމީހުންގެ ކުރިމަތީގައި އިސްލާމްދީނަށްޓަކައި މުސްލިމުންގެ ހިތްތަކުގައި އޮތް ލޯބި ހާމަވެ ފެނިގެންދާއިރު ދުނިޔޭގެ އެކި ދިމަދިމާލުން މުސްލިމުންގެ އަޑުން ﷲ އަށް ތަކުބީރާއި ތަހުލީލާއި ތަސްބީހަ ކިޔާ އަޑުން ގުގުމަނީއެވެ.

މިއަދުގެ ހައްޖު ހުތުބާ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުންގެ އަޑު ގަދަފަދައަކަށް އިއްވާފައެވެ.

މިއަދުގެ ހައްޖު ހުތުބާ ޖުމްލަ ވަނީ ފަންސާސް ބަހުން ތަރުޖަމާކޮށްފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާތްގަނޑަކަށް އެއް ބިލިއަން މީހުންނަށް ޚުޡުބާއިން ދިން ނަސޭހަތްތައް ތަރުޖަމާ ވެގެންދިޔައެވެ.

ޚުޠުބާގައި ގޮވާލާފައި ވަނީ އެއްބަޔަކު އަނެއްބަޔަކަށް އަނިޔާ ނުކުރުމަށާއި އެއް ބަޔަކު އަނެއް ބަޔަކަށް ގެއްލުން ނުދިނުމަށެވެ. އަދި މިވަގުތު ފަލަސްތީނުގެ މުސްލިމް އަޚުންގެ ހައްގުގައި ދުއާކުރުން އެންމެ މުނާސަބު ބަޔަކީ ހައްޖުވެރިންކަން ފާހަގަކޮށް ހުތުބާގައި ބުނީ، ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަނިޔާތަކުން އެމީހުން ސަލާމަތްކޮށްދެއްވުމަށް އެދި ހައްޖު ދުވަހު ދުއާ ކުރަންޖެހޭ ކަމަށެވެ.

އެހެންކަމުން މިއަދު، އާދެ، ހައްޖު ދުވަހުގެ ހާއްސަަކަމާއެކު މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުންގެ އަޑު ދިޔައީ ގަދަވަމުން ގުގުމަމުންނެވެ. އަދި މިއީ އިޒްރޭލު މީހުންނަށް ލިބުނު ވަރަށްވެސް ބޮޑު ނާކާމިޔާބީއެއް ކަން ޔަގީނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!