ޚަބަރު
ފުރިހަމަ އަށް ކުއްތަންވެފައިވާ އަޅެއްގެ ގޮތުގައި މެނުވީ މަރުވެ ނުދިއުމަށް މަސައްކަތް ކުރަންޖެހޭ: ދިވެހި ޙައްޖު ޚުޠުބާ

މަރަކީ އެންމެ ގާތުގައިވާ ކަންތައް ކަމަށާއި މާތްﷲ އަށް ފުރިހަމައަށް ކުއްތަންވެފައިވާ އަޅެއްގެ ގޮތުގައި މެނުވީ މަރުވެ ނުދިއުމަށް ކޮންމެ މުސްލިމަކުވެސް ގަދައަޅާ މަސައްކަތް ކުރަންޖެހޭ ކަމަށް، އަރަފާތު ބިމުގައި ދިވެހި ބަހުން ގެނެސްދިން ޙައްޖު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

ދިވެހި ޙައްޖުވެރިންނަށް ޚާއްސަ ޚުޠުބާ އަރަފާތު ބިމުން ދިވެހި ބަހުން ގެނެސްދެއްވީ ފަޟީލަތުއްޝައިޙް ޑރ. އާދަމް ޝަމީމެވެ.
މި ޚުޠުބާގައި ވަނީ އަރަފާތު ދުވަހުގެ މާތްކަމާ، އަރަފާތު ދުވަސް ފުރިހަމަ އަށް ޙާސިލް ކުރުމަށް ޙައްޖާޖީންނާއި އަދި ޙައްޖުގެ އަޅުކަމުގައި ބައިވެރި ނުވެވޭ މީހުންވެސް އަދާކުރަންޖެހޭ އަޅުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ދިވެހި ޚުޠުބާގައި ޝެއިޚް ޝަމީމް ވަނީ، މަރަށް ތައްޔާރުވެ ތިބުމުގެ މައްޗަށް ވާހަކަ ދައްކަވާފައެވެ. ޝެއިޙް ޝަމީމް ވިދާޅުވީ، ފުރިހަމަ މުސްލިމެއްގެ ގޮތުގައި ނޫނީ މަރުވެ ނުދިއުމަށް ކޮންމެ މީހަކުވެސް އަޒުމު ކަނޑައަޅާ، އެކަމަށް ގަދައަޅާ މަސައްކަތް ކުރާ ބަޔަކަށް ވާންޖެހޭ ކަމަށެވެ. މަރަކީ ވަގުތު ނޭނގޭ ކަމެއް ކަމަށާއި، މަރަކީ ތިބާއާއި އެންމެ ގާތުގައިވާ ކަން ކަމުގައި ޝާމީމް ވިދާޅުވިއެވެ. މަރާ ބައްދަލުވާއިރު ތިމާގެ ނަފުސު ޠާހިރުކޮށް ޙައްގު ގޮތުގައި ތަޤުވާވެރިވެ ތިބުމަށް ޚުޠުބާގައި ގޮވާލެއްވިއެވެ.

“އަޖަލު ވަނީ ވަރަށް ކައިރީގައި. ޙަދީސް ބަފުޅެއްގައި ވެއެވެ. ބިރުން ފިލަން ދުވާ މަރު، ކުރިމަތިން ބައްދަލު ކުރާނެއެވެ. އެ ވަގުތު އަންނަންވާއިރު އިންސާނާގެ އެތެރެފުށާ ބޭރުފުއް ޠާޙިރުކުރަންޖެހޭ. ތައްޔާރުވާންޖެހޭ.” ޝަމީމް ވިދާޅުވިއެވެ.

އަރަފާތު ދުވަހަކީ އެންމެ ގިނަބަޔަކު ނަރަކައިން މުއްތިކުރައްވާ އެއް ދުވަހުގެ ގޮތުގައި ބަޔާންވެގެންވެއެވެ. އަރާފާތު ދުވަހުގެ އިރުއޮއްސުމަށް ދާންދެން އަޅުމަކަމާ ދުޢާކުރުމުގައި ޝާމިލުވެ ތިބުމަށް ޚުޠުބާގައި ގޮވާލެއްވިއެވެ. އަރަފާތުގެ ދުވަހުގެ ރޯދައަކީ 2 އަހަރުގެ ކައްފާރާއެއް ކަމަށް ޝައިޚް ޝަމީމް ވިދާޅުވިއެވެ. މި މާތް ވަގުތުގެ އަޖުރާ ސަވާބަކީ އިންސާނާގެ ޚިޔާލަށްވެސް ނުގެވޭނެ މިންވަރެއް ކަމަށް ވިދާޅުވިއެވެ.

ރަސޫލުން ފޮނުއްވުމާއި ފޮތް ބާއްވާލެއްވުމާއި މާތް ﷲގެ ޝަރީޢަތަކީ އެކަންކަމުގައި ކޮންމެ މުސްލިމަކު ހިފަންޖެހޭ ކަންކަން ކަމަށް ޝައިޙް ވިދާޅުވިއެވެ. ޚާއްސަކޮށް ކީރިތި ރަސޫލާ މުޙައްމަދު ސައްލަﷲ ޢަލަހި ވަސައްލަމްގެ ރިސާލަތަކީ، ޚިދާޔަތުގައި ހިފައި މީހާ މަގު ފުރެދިގެން ނުދާނެ ކަމެއް ކަމަށް ޚުތުބާގައި ފާހަގަކުރެއްވިއެވެ. އަދި މާތްﷲގެ އެއްކައުވަންތަކަމަށް ފުރިހަމައަށް ކިޔަމަންގަނެ، ޝިރުކުގެ ޢަމަލުތަކުން ދުރުވެ ތިބުމަށް ޚުޠުބާގައި ވަނީ ގޮވާލައްވާފައެވެ.

މި ޚުޠުބާގައި ވަނީ އިސްލާމީ އުއްމަތް ބައިބައިވިޔަ ނުދީ، އެކަތިގަނޑެއްގެ ގޮތުގައި ދެމެހެއްޓުމަށް އެކުގައި މަސައްކަތް ކުރުމަށް ގޮވާލާފައެވެ. މި މޭރުމުން މިސާލު ނަންގަވާ ޚުޠުބާގައި ވަނީ ޕަލަސްޠީނުގެ ރައްޔިތުން މިއަދު ކުރިމަތިލަމުންދާ ދަތި ޙާލަތު ހަނދުމަކޮށްދީ، އެބައި މީހުންނަށް އަރަފާތުގެ މާތް ދުވަހުގައި ދުޢާކުރުމަށް ގޮވާލާފައެވެ.

“ރަސޫލާގެ ޙިދާޔަތާ ޚިލާފައިވަމުންދާތަން ދަނީ ފެންނަމުން. ލޭ އޮހޮރުވުމާ، މޫމިނުންނާ ގުޅުންކެނޑުމާ، އަޚުވަންތަކަން ކަނޑާލުމާ، މުޅި އުއްމަތް ބައިބައިވެ ވަކިވެގެންދާތަން ދަނީ ފެންނަމުން. އުއްމަތުގެ ގުނަވަންތަކުން އޮހޮރެމުންދާ ތާޒާ ލޭ އެބަ ފެނޭ. ނިދުމާ އަރާމާ އުފަލުން މަޚުރޫވެފައިވާތަން ފެނޭ.” ޚުތުބާގައި ފާހަގަކުރެއްވިއެވެ.

ޚުތުބާ ނިންމަވާލައްވަމުން ވަނީ، ދިރިއުޅުމަށް ލިބިފައިވާ ކުރު ވަގުތުކޮޅުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ގޮވާލާފައެވެ. ދިރިއުޅުމުގައި ކުރެވިފައިވާ ފާފަތަކަށް ތަޢުބާވެ މާތްﷲގެ ހަޒުރަތުގައި ކުއްތަންވުމާއި، ވައްކަމާ ފޭރުމާއި، ހަރާމް ކެއުންތަކާއި، ޙަލާލު ނޫން ގުޅުންތަކުން ދުރުވެ ނަފުސު ޠާޙިރުކުރުމަށް ވަނީ ހަނދާންކޮށްދީފައެވެ. އަދި ތަޢުބާވެ އެފަދަ ކުށްތައް ތަކުރާރު ނުކުރުމަށް އަޒުމު ކަނޑައެޅުމަށްވެސް ވަނީ ގޮވާލާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!