ޚަބަރު
މިއީ ޙައްޖުގެ އިންތިޒާމުތައް އެންމެ ފުރިހަމަ ފަހަރު: ޙައްޖު ކޯޕަރޭޝަން

މިއަހަރުގެ ޙައްޖުގެ އިންތިޒާމުތައް ހަމަޖައްސާފައިވާނީ އެހެން އަހަރުތަކަށް ވުރެ މާ ފުރިހަމައަށް ކަމަށާއި، އެގޮތަށް އެއިންތިޒާމުތައް ކުރިއަށްގެންދިއުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަރަށް ޚާއްސަ އަޙަމިއްޔަތުކަމެއް ދެއްވާ ކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.

އަރަފާތު ބިމުގައި ހުންނަވާ، ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޙައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ އަލްއުސްތާޛް ޢަލީ ޝަރީފް ވިދާޅުވީ، މިއަހަރުގެ ޙައްޖުގެ ހުރިހާ އިންތިޒާމެއްވެސް ކުރިއަށްދަނީ ވަރަށް ފުރިހަމައަށް ކަމަށެވެ.

އާންމުކޮށް ހުރިހާ ޙައްޖާޖީންގެ ޙާލު ވެސް ރަނގަޅު ކަމަށާއި، ދަތުރުފަތުރުގެ އިންތިޒާމްވެސް ވަނީ ޙައްޖުވެރިންނަށް ފަސޭހަވާނެހެން ވަކި ޤަވައިދެއްގެ ދަށުން ބަހާލެވިފައި ކަމަށް އޭނާ ވިދާޅުވިއެވެ. އަލީ ޝަރީފް ވިދާޅުވީ، އުމުރުން ދުވަސްވީ މީހުންނާއި އެކިއެކި ބަލިތައް ތަޙައްމަލްކުރާ ފަރާތްތަަކުން ދަތުރުކުރާ ބަސްތަކަށް އިސްކަންދީގެން ޚާއްސަކޮށް ޑޮކްޓަރުންނާއި ނަރުހުން ގެ އިތުރުން އެހީތެރިން ވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަލީ ޝަރީފް ވިދާޅުވީ މިރޭގެ ވަގުތެއްގައި މުޒްދަލިފާއަށް ދަތުރު ފަށާނެ ކަމަށާއި އެ ދަތުރުތަކުގެ އިންތިޒާމުވެސް ފުރިހަމައަށް ރޭވިފައިވާ ކަމަށެވެ.

“ކިތަންމެ ރަނގަޅަކަށް ރާވައިގެން ކަންތައްތަކެއް ކުރިކަމުގައިވީނަމަވެސް، މިފަދަ ގިނަބައެއްގެ ތެރޭގައި އުޅޭ އިރު ހަމަ ކަމެއް ދިމާވުމަކީ އެކަށީގެންވާ ކަމެއް، އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، އެފަދަ ކަންކަން ވީހާވެސް ލުއިކޮށް ވީހާވެސް ރަނގަޅަށް ކަންތައް ދިއުމަށް މަގިފަހި ކުރުމަށް” ޢަލީ ޝަރީފް ވިދާޅުވިއެވެ.

އެހެން އަހަރުތަކާއި ޚިލާފަށް މިފަހަރު ދިވެހި ހުރިހާ ހައްޖުވެރިން ތިބުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ އެއް ހޮޓެލެއްގައެވެ. އެ ހޮޓެލުގައި ކެއުމުގެ އިންތިޒާމް ވަރަށް ފުރިހަމައަަށް ހަމަޖައްސާފައިވާއިރު، އަރަފާތު ބިމުގައި ވެސް ދިވެހި ރަހަތަކުގެ ކެއުން ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އަދި ޙައްޖުވެރިން މަގުއޮޅި ގެއްލުން ފަދަ ކަމެއް ވެދުވެރިވެދިޔަ ނުދިނުމަށްޓަކައި ކޮންމެ ޙައްޖާޖީއެއްގެ އަތުގައި ޓްރެކިން ޑިވައިސްއެއް ވެސް އޮވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!