ޚަބަރު
ބޮޑު މުސާރަ ޖަމާވި އެކައުންޓްތައް ފްރީޒްކޮށްފި

ރާއްޖޭގެ ބައެއް ހޮސްޕިޓަލްތަކުގެ މުވައްޒަފުންނަށް ބޮޑު މުސާރަ ޖަމާވުމުން ސަރުކާރުން އެމީހުންގެ އެކައުންޓްތައް ފްރީޒްކޮށްފިއެވެ.

ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ބައެއް ހޮސްޕިޓަލްތަކުގެ މުވައްޒަފުންނަށް 70 ހާހުން މައްޗަށްވެސް މުސާރަ ޖަމާވެފައިވެއެވެ. މިދާއިރާގައި ވަޒީފާ އަދާކުރާ ގިނަ މުވައްޒަފުން ވަނީ އެމީހުންނަށް ލިބެންޖެހޭ ވަރަށް ވުރެ ބޮޑު އަދަދަކަށް މުސާރަ ޖަމާވީ ކަމަށް ބުނެފައެވެ.

އެފަރާތްތަކުގެ އެކައުންޓްތައް މިހާރު ވަނީ ފްރީޒްކޮށްފައެވެ. އަދި އެއެކައުންޓްތައް ދޫކޮށްލާނީ މުސާރައިގެ އިތުރަށް ޖަމާވެފައިވާ އަދަދަށް ފައިސާ ރިޒާވްކުރުމަށްފަހުގައި ކަމަށާއި މިއަދު އެއެކައުންޓްތައް ދޫކޮށްލާނެ ކަމަށް ބެންކް އޮފް މޯލްޑިވްސް އިން ވަނީ ހާމަކޮށްފައެވެ.

ހޮސްޕިޓަލްތަކުގެ ބައެއް މުވައްޒަފުންނަށް ގިނައިން މުސާރަ ޖަމާވެފައިވާއިރު އަނެއް ބައި މުވައްޒަފުންނަށް ޖަމާވީ ވަރަށް ކުޑަ މުސާރައެކެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!