ޚަބަރު
އަންނަ އަހަރުގެ އެޑެކްސެލް އޭއެސް އިމްތިހާނު ފަސްކޮށްފި

ގްރޭޑް 11ގެ ދަރިވަރުން ހަދާ އެޑެކްސެލް އޭއެސް އިމްތިހާން އަންނަ އަހަރު އޮކްޓޫބަރ/ނޮވެމްބަރ މަހުގައި ބޭއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ފަސްކޮށްފިއެވެ.

އަންނަ އަހަރު މެއި ޖޫންގައި ބާއްވަން ހަމަޖެހިފައިވާ އެޑެކްސެލް އިމްތިހާނަށް ދަރިވަރުން ތައްޔާރު ނުވެވޭނެ ކަމުގެ ކަންބޮޑުވުން އޮތުމުން މިނިސްޓްރީން ވަނީ މި އިމްތިހާން ފަސްކޮށްފައެވެ.

މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ސްކޫލްތަކަށް ފޮނުވި ސަރކިއުލާގައި ވިދާޅުވެފައިވަނީ މިދިޔަ އާދިއްތަދުވަހު ޕްރިންސްޕަލުންނާ އެކު ބޭއްވި ބައްދަލުވުމުގައި ސްކޫލްތަކުން ހުށައަޅާފައިވާ ގޮތަށް މަތީ ޘާނަވީ ފަށާ ގްރޭޑް 11ގެ ދަރިވަރުން އެޑެކްސަލް އޭ އެސް ލެވެލްގެ އިމާތިހާން އަންނަ އަހަރުގެ އޮކްޓޫބަރ / ނޮވެމްބަރުގައި ބޭއްވުމާށް ނިންމާފައިވާކަމަށެވެ.

ކޯވިޑް-19އާ ގުޅިގެން ސްކޫލްތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދިނުމގެ އިތުރަށް ދަރިވަރުންގެ އިމްތިހާންތަކަށްވެސް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. އެގޮތުން މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާން ބާއްވާފައިވަނީ މިއަހަރުގައި ކަމަށާއި އޭލެވެލް އިމްތިހާނުގެ ޕޭޕަރުތައް ލީކުވުމާއި ގުޅިގެން އެއިމްތިހާން ވަނީ ކެންސަލްކުރެވިފައެވެ.

އެހެންކަމުން މިއަހަރު އޮކްޓޫބަރ ނޮވެމްބަރގައި އޮންނަ އެޑެކްސެލް އޭއެސް އިމްތިހާނުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް ޓީޗަރ ބޭސްޑް އެސެސްމަންޓްއަކާ އެކު އެފުރުސަތު ދެވޭނެކަމަށް ސާކިއުލާގައި ބުނެފައިވެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!