ޚަބަރު
ކައުންސިލްތަކުގެ ދަރަޖަ މަތިކޮށްފި، މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ

ކައުންސިލްތަކުގެ ދަރަޖަ 4 އިން 3 އަށް ޕޭ ކޮމިޝަނުން މަތިކޮށްފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ އާއްމު މަސައްކަތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ޕޭކޮމިޝަނުން ކައުންސިލްތައް ދަރަޖަ ކުރުމަކީ، މުއައްސަސާތަކަށް އިންސައްތަ ދީފައިވާ ތަރުތީބު ކަނޑައެޅުމެވެ. މިއާއެކު ކައުންސިލްތަކުގެ މުވައްޒަފުން ގެމުސާރަ އަށް ހެޔޮ ބަދަލެއް އަންނާނެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ލޯކަލް ގަވަރުމަންޓު އޮތޯރިޓީ، (އެލްޖީއޭ) އިން ކުރިއަށްގެންދާ ފަނޯއްލަ ދަރުބާރުގައިވެސް ކައުންސިލްތަކުން އެންމެ ބޮޑަށް ހުށައަޅަމުންދާ އެއް ކަމަކީ ކައުންސިލްތަކުގެ ދަރަޖަ އޭރު އޮތް ގޮތުގެ ކަންބޮޑުވުން ކަމަށެވެ. ވަޒީރު ވިދާޅުވީ ކައުންސިލަރުންނަކީ ރައްޔިތުން ތަމްސީލް ކުރުމަށް ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކުރާ ބަޔަކަށްވުމާއެކު، ކައުންސިލްތަކުގެ ދަރަޖަ މަތިވާންޖެހޭނެ ކަމަށް ވަޒީރުގެ ޙައިސިއްޔަތުން ޤަބޫލުކުރައްވާ ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ މިއީ މުހިންމު މަސައްކަތެއް ކަމަށްދެކި، އެ ވުޒާރާއިން ޕޭ ކޮމިޝަނަށް އެކަން ހުށައެޅުމުން މިހާރު ކައުންސިލްތަކުގެ ދަރަޖަ 4 އިން 3 އަށް ބަދަލުކުރައްވާފައިވާ ކަމަށެވެ. އެކަން ޕޭ ކޮމިޝަނުގެ ސިޓީއަކުން ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާ އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއަށް މިހާރު އަންގާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ކައުންސިލްތަކުގެ ދަރަޖަ ބަދަލު ކުރުމުން، މުސާރައާއި އިނާޔަތްތަކާ ގުޅިގެން އަންނާނެ ބަދަލުތަކުގެ މަސައްކަތްވެސް ޕޭ ކޮމިޝަނުން މިހާރު ފަށްޓަވާފައިވާ ކަމަށެވެ.

“ދަރަޖަ ބަދަލުވުމާއެކު، ޕޭ ކޮމިޝަނުން ގެންނަން ކަނޑައަޅާ ބަދަލުތައް ސަރުކާރުކާރަށް ހުށައެޅުމަށް ދަނީ ތައްޔާރުވަމުން. ޢީދު ހަފްތާ ނިމުނީމަ ވުޒާރާއިން ޕޭ ކޮމިޝަނާ ބައްދަލުކޮށް، އެބޭފުޅުން ސަރުކާރަށް ހުށައަޅާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރާނަން. ކައުންސިލްތަކަށް ކުރިއެރުންތައް ލިބޭނެކަން ކަށަވަރު ކުރާނަން.” ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ކައުންސިލްތަކުގެ ދަރަޖައަށް ގެނައި ބަދަލުގެ ކުރިއެރުން ކައުންސިލްތަކުގައި މަސައްކަތްކުރާ ސިވިލް ސަރވިސް މުވައްޒަފުންނަށްވެސް ލިބޭނެ ކަމަށެވެ. ވަޒީރު ވިދާޅުވީ ކައުންސިލްތައް ހިންގާ ރައްޔިތުންނަށް ގިނަ ޚިދުމަތްތަކެއް ދެނީ އިދާރީ މުވައްޒަފުންގެ ވަރަށް ބުރަ މަސައްކަތަކާއެކު ކަމަށެވެ.

“ކައުންސިލްތަކަށް އެންމެ ބޮޑު އެހީއެއް ދެނީ ސިވިލް ސަރވިސް މުވައްޒަފުން. ނަމަވެސް މިހާތަނަށްވެސް ސިވިލް ސަރވިސް މުވައްޒަފުންނަށް އެހާ ބޮޑު އަހަމިއްޔަތެއް ނުދޭ. މުސާރައިގެ ފަރަގުވެސް ބޮޑު. އުއްމީދަމީ މި ބަދަލާއެކު މުސާރައިގެ މައްސަލަ އަށް ޙައްލު ލިބުން.” ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވިއެވެ.

ކައުންސިލްތައް ކުރިއަރުވާ، ކައުންސިލްތަކުން ރައްޔިތުންނަށް ލިބޭ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން މުހިންމު މަސައްކަތްތައް ދަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން ކައުންސިލްތައް ސަރުކާރުގެ ބަޖެޓަށް ބަރޯސާ ނުވެ، އަމިއްލައަށް އާމްދަނީ ހޯދޭނެ ޤާބިލުކަން ލިބިފައިވާ ތަންތަނަށް ހެދުމަކީ އެންމެ ބޮޑު އެއް ޢަމާޒެކެވެ.

މިކަމަށް މަގުފަހިކުރުމަށް ކައުންސިލްތަކުގެ އިޙްތިޞާސް ފުޅާކުރުމާއެކު ރަށުގައި ކުރިއަށްގެންދާ ލޯކަލް ޓޫރިޒަމް ވިޔަފާރިން ލިބޭ ޓެކުހުން ވަކި އިންސައްތައެއް ކައުންސިލްތަކަށް ކަނޑައެޅުމަށްވެސް ސަރުކާރުން ވަނީ ނިމާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!