ޚަބަރު
ފަނޑިޔާރުންގެ އޯޑިޔޯތަކުގެ ސައްޙަކަން ކަށަވަރުކުރުމަށް، އޯޑިޔޯތަކުގެ ސާމްޕަލް ފުލުހުންނަށް ހުށަހަޅައިފި

މީޑީޔާތަކުގައި ދައުރުވަމުންދާ ކްރިމިނަލް ކޯޓުގެ ތިން ފަނޑިޔާރުންގެ އޯޑިޔޯތަކުގެ ސައްޙަކަން ކަށަވަރުކުރުމަށް، އެއޯޑިޔޯތަކުގައި ވާހަކަ ދައްކާ ފަނޑިޔާރުންގެ އޯޑިޔޯ ސާމްޕަލްސް ފުލުހުންނަށް ހުށަހަޅައިފިއެވެ.

މިއޯޑިޔޯތަކުގެ މައްސަލަ ތަހުޤީގުކުރަމުންދާ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ އެއޯޑިޔޯތަކުގެ އެނަލިސިސް ހެދުމަށް ފުލުހުންގެ ކިބައިން އެދިފައެވެ. އަދި އޯޑިއޯތަކުގައި އެ ފަނޑިޔާރުންކަމަށްބުނާ ފަނޑިޔާރުންގެ ރުހުމާއެކު އޯޑިއޯ ސާމްޕަލްތައް މިއަދު ފުލުހުންނަށް ދެއްވާފައިވާކަމަށްވެސް ޖޭ.އެސް.ސީން ވަނީ ވިދާޅުވެފައެވެ.
އޯޑިޔޯތަކުގައި ވާހަކަ ދައްކާފައިވާ ފަނޑިޔާރުން ކަމަށް ބުނާ ފަނޑިޔާރުން ވަނީ އެކަމަށް އިންކާރުކޮށްފައެވެ. އަދި އެއޯޑިޔޯތަކަކި ސައްޙަ އޯޑިޔޯއެއް ނޫންކަމަށް ތިން ފަނޑިޔާރުން ވަނީ ވިދާޅުވެފައެވެ.

މިއޯޑިޔޯތަކުގެ ތަހުޤީގު ޖޭއެސްސީން ފަށާފައިވާއިރު 3 ފަނޑިޔާރުންވެސް ވަނީ މީޑިއާގައި ދައުރުވަމުންދާ އޯޑިއޯތަކަކީ ޞައްޙަ އޯޑިއޯތަކެއް ނޫންކަމަށާއި އެފަދަ ވާހަކަތަކެއް ދައްކާފައި ނުވާނެކަމަށް ވިދާޅުވެފައެވެ.

މި މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ޤާޟީންގެ ބެންޗުގައި ދެން ހިމެނިވަޑައިގަންނެވި 2 ފަނޑިޔާރުން ކަމުގައިވާ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން އާއި ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ޝަކީލާއި ސުވާލުކޮށް މަޢުލޫމާތު ސާފުކުރެވިފައިވާކަން ޖޭއެސްސީން ވަނީ ވިދާޅުވެފައެވެ.

އެދެފަނޑިޔާރުންވެސް ވަނީ އޯޑިޔޯގައި ދައްކާފައިވާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!