2019 ވަނަ އަހަރުންފެށިގެން ހަދަން ފަށާ ނުނިމި އޮތް ހދ. ނޮޅިވަރަމް ފުޓްސަލް ދަނޑުގައި އަލިފާން ރޯ ކޮށްލާއިފިއެވެ.
ނޮޅިވަރަމް ފުޓްސަލް ދަނޑުގައި އަލިފާން ރޯކޮށްލާފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ.
މި ހާދިސާ ހިނގާފައިވަނީ ފަތިހު 5:24 އެހާކަށްހާއިރު ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތި ދީފައެވެ.
ފުލުހުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވެފައި ނުވާކަމަށާއި ނަމަވެސް މި މައްސަލަ ތަހުގީގް ކުރަމުންދާ ކަމަށެވެ.
ނޮޅިވަރަމު ޓާފު ދަނޑެއް ހެދުމަށް ބަހައްޓާފައި ހުރި ޓާފުތަކެއްގައިވެސް ބަޔަކު ވަނީ މީގެ ކުރިންވެސް ރޯ ކޮށްލާފައެވެ. މީގެ ކުރިން އަލިފާން ރޯކޮށްފައިވަނީވެސް ޓާފުއަޅަން ތިން ދުވަހަށް ވެފައިވަނިކޮށެވެ.
މި ފަހަރު އަލިފާން ރޯކޮށްފައިވަނީ ކޮން ސަބަބަކާ ހެދި ކަމެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ. އަދި މި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަކަށްވެސް ފުލުހުން ބުނެފައެއްނުވެއެވެ.
ނޮޅިވަރަމުގައި ހަދަމުންދާ ޓާފް ދަނޑުގައި ހުރި ޓާފްތަކުގައި އަލިފާން ރޯވި މިއީ ތިން ވަނަ ފަހަރެވެ. އޭރުވެސް މި ދަނޑުގައި ރޯކޮލީ ބަޔަކު ގަސްދުގައި ކަމަށް ތުހުމަތު ކުރެވުނެވެ.