ހދ. ކުޅުދުއްފުށީ މަށިމާލި ޕެރޭޑަކީ ސިޔާސީ ފާޑުކިއުމާ ބިނާކުރެވެނިވި މެސެޖެއްދެވޭ ހިތްގައިމު ހަރަކާތެއް ކަމަށް ފިޝަރީސް މިނިސްޓަރ އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝިޔާމް އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ކުޅުދުއްފުށީ މަށިމާލި ޕެރޭޑަކީ އަބަދުވެސް ގިނަބައެއްގެ ސަމާލުކަންހުއްޓޭ ހަރަކާތެއްކަމަށެވެ.
“ކުޅުދުއްފުށި މަށިމާލި ޕެރޭޑަކީ އީދުގެ އުފާވެރި ޖައްވުން އަބަދުވެސް ގިނަބައެއްގެ ސަމާލުކަން ހުއްޓޭ ހަރަކާތެއް. ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޑު ކިއުމާ ވައުދުތައް ހަންދާން ކޮށްދޭ ފުޅަދުތަކެއް'” ޝިޔާމް
މީގެ އިތުރުން ޝިޔާމް ފާހަގަ ކުރެއްވީ ކުޅުދުއްފުށީގެ އެ ހަރަކާތުން ފެންނަނަނީ ބިނާކުރެވެނިވި ފާޑުކިއުންތަކާއި މެސެޖްތަކެއްގެ ގޮތުގައި ކަމަށެވެ.
ކުޅުއްދުފުށި މަށި މާލި ޕެރޭޑަކީ ކޮންމެ އަހަރެއްގަވެސް އެރަށުގައި އީދުގައި ކުރިއަށްދާ ހަރަކާތެކެވެ. އެ ހަރަކަތުން ސިޔަސީ މާލިތައް ފެނިގެން ދެއެވެ. އަދި އީދާ ދިމާކޮށް އެ ރަށުގެ ޒުވާނުން ބާއްވާ މި ޕެރޭޑުގައި އެ ދުވަސްވަރެއްގެ އެންމެ ބޮޑަށް އާންމުންގެ ސަމާލުކަމަށް އައިސްފައިވާ ކަންކަމަށް އަމާޒުކޮށް މާލި ތައްޔާރުކޮށްފައި ހުރެއެވެ.
މި ޕެރޭޑުގެ ފުޅަނދުގެ ތެރޭގައި މި ސަރުކާރުން މަސްވެރިންނަށް ވީ ވައުދުހިމެނެއެވެ. އަދި މިޔަރުގެ މައްސަލަވެސް ވަނީ ހިމަނާފައެވެ. ކަރަންޓް ބިލު ބޮޑުވި މައްސަލަ ފާހަގަ ކޮށްލެވެއެވެ. މަޖިލީހުގެ ރައީސަށް “ޖޯކު ޖަހާފައިވާ މާލިތައްވެސް ތައްޔާރު ކޮށްފައި ހުއްޓެވެ.