ޚަބަރު
ޖާބިރު ދިރިއުޅުއްވާ ގެކޮޅު ވިއްކާލަން ކޯޓުން އަމުރުކޮށްފި

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ގެކޮޅު ވިއްކާލަން ސިވިލްކޯޓުން އަމުރުކޮށްފިއެވެ.

ޖާބިރު ދިރިއުޅުއްވާ މ.އަތަމާޕްލާޒާ އަކީ މަލީޝާ ހައްޖު އެންޑް އުމްރާ ގްރޫޕްގެ ވެރިޔާ އިސްމާއީލް އަބްދުލްލަތީފުގެ ނަމުގައިވާ ގެއެކެވެ. އެހެންކަމުން އިސްމާއީލް އަބްދުލްލަތީފުގެ ދަރަނީގެ މައްސަލަތަކެއްގައި އެ ގެ ވިއްކާލަން ސްޕްރީމް ކޯޓުންވަނީ އަމުރުކޮށްފައެވެ.

މަލީޝާ ހައްޖު ގްރޫޕްގެ ވެރިޔާ އިސްމައިލް އަބްދުއްލަތީފް އަމިއްލަ ފަރާތަކަށް އޮޅުވާލައިގެން ހޯދާފައިވާ ފައިސާ އަބުރާ ދެއްކޭނެ ގޮތެއް ނެތުމުން ސިވިލް ކޯޓުން ނިންމާފައިވަނީ އޭނަގެ މިލްކިއްޔާތުގައިވާ ތަކެތި ވިއްކައިގެން ނަމަވެސް އެފައިސާ އޭނަގެ އަތުން ހޯދުމަށެވެ. އެގޮތުން އޭނަގެ ނަމުގައި ހުރި ގެ ވިއްކާލަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ޖާބިރު އެގޭގައި ދިރިއުޅުއްވިކަމުގައިވިޔަސް އެގޭގެ ރަޖިސްޓްރީ އާއި ލިޔެކިޔުންތައް ޖާބިރުގެ ނަންމައްޗަށް ބަދަލުކޮށްފައިނުވާކަން ސިވިލްކޯޓުން ވަނީ އަންގާފައެވެ.

ކޯޓުން ކޮށްފައިވާ އަމުރުގައި ބުނާގޮތުން މ.އަތަމާޕްލާޒާ ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް އެގެ ބެލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. މިއަމުރާއި ގުޅިގެން އެގެ މިހާރުވަނީ ހުސްކޮށްފައެވެ.

މިގެ ގަންނަން ބޭނުންފުޅުވާ ފަރާތްތަކުން ސެޕްޓެމްބަރ މަހުގެ 5 ވާ ހޮނިހިރު ދުވަހުން ފެށިގެން 7 އަންގާރަ ދުވަހުގެ 13:30 އިން 17:30 ގެ ނިޔަލަށް އެގެ ބެލުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެގެ ބެލުމުގެ އިންތިޒާމް ހަމަޖެއްސުމުގައި އިސްމައިލް އަބްދުއްލަތީފްއަށް އެއްވެސް ދަތިކަމެއް ދިމާވެ، ތަން ހުޅުވައި ދެއްކުމުގައި ދިވެހި ފުލުހުންގެ އެހީތެރިކަމަށް އެދިއްޖެކަމުގައިވާނަމަ، އެ ތަންތަން ހުޅުވައި ތަން ބެލުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް ދިވެހި ފުލުހުންގެ ހިދުމަތުގެ މައްޗަށްވެސް އަމުރުކުރާކަމަށެވެ.

މިއަމުރާއި ގުޅިގެން ޖާބިރު ވިދާޅުވަނީ އަތަމާޕްލާޒާ އަކީ އެއްފަހަރާ ފައިސާ ދެއްކުމަށްފަހު އޭނާ ގަނެފައިވާ ގެއެއް ކަމަށާއި އެއީ މިހާރު ޖާބިރުގެ ގެޔެއް ކަމަށް ބުނުން ފިޔަވައި އިތުރު އެހެން ހެއްކެއް ދެއްކެން ނެތްކަމަށެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!