ތިލަމާލެ ބުރިޖް މަސައްކަތް ކުރަމުންދަނިކޮށް މަރުވި މީހާގެ މަރުގެ މައްސަލަ ހިނގައިދިޔަ ގޮތް ދަނީ ތަހުގީގް ކުރަމުން ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފިއެވެ.
ޖޫން 17 ވަނަ ދުވަހުގެ ރޭ ތިލަމާލެ ބްރިޖު ސައިޓްގައި މަސައްކަތް ކުރަމުންދިޔަ އިންޑިއާގެ ރައްޔިތެއްވަނީ ވަނީ ނިޔާވެފައެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ އެ ހާދިސާ ކޮންޓްރެކްޓަރާއި ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ތަހުގީގް ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުން ކަމަށެވެ.
“ދެކެވޭ ވާހަކައަކީ ދޮގެއް. ސިނަމާލެ ބްރިޖު މަރާމާތް ކުރުމުގެ މަސައްކަތުގައި އުޅުނު މީހަކު ނިޔާވި ކަމަށް ބައެއް ނޫސްތަކުގައި ޝާއިއު ކޮށްފައިވާ ޚަބަރުތަކަކީ ސައްޙަނޫން ޚަބަރެއް.” ކޮންސްޓްރަކްޝަން މިނިސްޓްރީ
ކޮންސްޓްރަކްޝަން މިނިސްޓްރީން މިހެން ބުނެފައިވާއިރު އިއްޔެ ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ސިނަމާލެ ބުރިޖް މަސައްކަތްކުރި ބިދޭސީއެއް މަރުވެފައިވާ ކަމަށެވެ.
ނަމަވެސް މިއަދު ފުލުހުން ބުނީ އެއީ އޮޅުމަކުން ދެވުނު މައުލޫމާތެއް ކަމަށެވެ. އަނބުރައިގަނެގެން 17 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދެވުނުއިރު، ވެސް އޭނާ ވަނީ ނިޔާވެފަ ކަމަށްވެސް ފުލުހުން ބުނެއެވެ.