ޚަބަރު
އައްޑޫގައި ގާމެންޓް ފެކްޓްރީ ގާއިމް ކުރެވުމާއެކު، އިޤްތިޞާދަށް ލިބިގެންދާނީ ބޮޑު ކުރިއެރުމެއް:މޭޔަރ ނިޒާރު

އައްޑޫގައި ގާއިމު ކުރަން ނިންމި ގާމެންޓް ފެކްޓްރީއާއެކު އައްޑޫގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އަލީ ނިޒާރު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގުރާމްގައި ވާހަކަފުޅު ދައްކަވަމުނެވެ. ނިޒާރު ވިދާޅުވީ ގާމެންޓް ފެކްޓަރީގެ ސަބަބުން އައްޑޫގައި ވަޒީފާގެ ފުރުސަތު އިތުރުވާނެ ކަމަށެވެ. އެހެންކަމުން ދެ ފެނިގެންދާނީ އައްޑޫ އިގްތިސާދީ ގޮތުން ކުރިއަަށްދާތަން ކަމަށްވެސް ވިދާޅުވިއެވެ.

“އައްޑޫގައި ގާމެންޓް ފެކްޓްރީތައް ހިންގިއިރު ދުނިޔޭގެ ނަން މަޝްހޫރު ބައެއް ބްރޭންޑްތައް ވެސް އުފެއްދުނު. ޓޮމީ، ވިކްޓޯރިއާސް ސީކްރެޓްގެ ބަހެއްކަހަލަ އައިޓަމްތައްވެސް އައްޑޫގަ އުފައްދައިގެން އެކްސްޕޯޓްކޮށްފައިވޭ.” ނިޒާރު

އައްޑޫގައި ގާމެންޓް ފެކްޓްރީއެއް ގާއިމު ކުރުމަށް މިހާރު ވަނީ ބަޔަކާއެކު އެއްބަސްވުމެއްގައި ސޮއިވެސް ކުރައްވާފައެވެ.

ނިޒާރު ވިދާޅުވީ އައްޑޫ އަކީ ހަމައެކަނި ޓޫރިޒަމަށް ބަރޯސާވެފަ އޮތް ތަނަކަށް ވުރެ އިންޑަސްޓްރީތައް ކުރިއަރުވަން ޖެހޭ ތަނެއްގެ ގޮތުގައި އައްޑޫވާން ޖެހޭކަމަށެވެ.

އެގޮތުން އައްޑޫ ފަދަ ބިން ބޮޑު ސިޓީއެއްގައި ފުޅާ ދާއިރާއެއްގައި ގާމެންޓް ފެކްޓްރީ ހިންގުމަކީ ކާމިޔާބުކަމާއެކު ކުރެވިދާނެކަމެއްކަމަށް ގަބޫލު ކުރާކަމަށްވެސް ވިދާޅުވިއެވެ.

މި ގާއިމް ކުރެވޭ ފެކްޓްރީއާއިއެކު އައްޑޫ މުޅިން އެހެން މިސްރާބަކަށް ބަދަލުވެގެންދާނެ ކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!