ޚަބަރު
މާމަ ކާފަ ދުވަސް ފާހަގަ ކުރުމަށް ވިލިނގިލީ ގައި ހަވީރެއް ބާއްވައިފި

މާމަ ކާފަ ދުވަސް ފާހަގަ ކުރުމަށް ވިލިނގިލީ ގައި ހަވީރެއް މިއަދު ބާއްވައިފިއެވެ.
ގއ ވިލިނގިލީ ދިރިއުޅެމުންދާ ގިނަ ކާފަ މާމައިން ބައިވެރިވި މި ހަވީރު ގައި އުމުރުން ދުވަސްވީ މީހުންގެ ލޭ ބެލުމާއި ފައިދާ ހުރި މައުލޫމާތު ދިނުން ކުރިޔަށް ގެންގޮސްފައިވެއެވެ.
ވިލިނގިލީ ކައުންސިލުން އިސް ނަގައިގެން ކުރިޔަށް ގެންދިޔަ މި ހަވީރު ގައި އެ ރަށުގައި މަސައްކަތް ކުރާ ސަރުކާރުގެ އެންމެހާ މުޢައްސަސާ ތަކުން އެއްބާރުލުން ލިބިފައިވާކަމަށް ވިލިނގިލީ ކައުންސިލުން ވިދާޅުވެއެވެ.
މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވަނީ ހަވީރު 4:30 ން 6:00 އަށް އެ ރަށު އިރުމަތީ ބީޗް ސަރަހައްދުގައެވެ.
ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ 1ވަނަ ދުވަހަކީ ޤައުމީ މާމާ، ކާފަ ދުވަހުގެ ގޮތުގައި ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.
ހުވަދު އަތޮޅުގެ ބައެއް އެރަށްރަށުގައި މިދުވަސް ފާހަގަ ކުރުމުގެ ގޮތުން އެކިއެކި ހަރަކާތްތައް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!