ޚަބަރު
ނޮޅިވަރަމް ބަނދަރުމަތީގައި ހުރި މީހަކު މޫދަށް ސައިކަލަކާއި އެކު ވެއްޓި ނިޔާ ވެއްޖެ

ހދ. ނޮޅިވަރަމް ބަނދަރު ސަރަހައްދުގައި ހުރި މީހަކު މޫދަށް ސައިކަލަކާއި އެކު ވެއްޓި ނިޔާ ވެއްޖެއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ނޮޅިވަރަމް ބަނދަރު ސަރަހައްދުގައި ހުރި މީހަކު މޫދަށް ސައިކަލަކާއި އެކު ވެއްޓިގެން އެރަށު ސިއްހީ މަރުޒުން ފަރުވާދީފައިވާ ކަމަށް ރޭ 21:15 އެހާކަށްހާއިރު ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

“ސިއްހީ މަރުކަޒުގައި ފަރުވާދެމުންދަނިކޮށް ރޭގެ ވަގުތެއްގައި އެމީހާ ވަނީ ނިޔާވެފަ” ފުލުހުން

ފުލުހުން ބުނީ މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މި މައްސަލަ ތަހުގީގް ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ނޮޅިވަރަމުގައި މޫދަށް ވެއްޓި މީހަކު ނިޔާވެފައިވާއިރު، މި ހަފްތާގައިވަނީ އެ ރަށު ފުޓްސަލް ދަނޑުގައި ބަޔަކު އަލިފާން ވެސް ރޯ ކޮށްލާފައެވެ.

ފުލުހުން ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވެފައި ނުވާކަމަށާއި އެ މައްސަލަ ވެސް ތަހުގީގް ކުރަމުންދާ ކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!