އައްޑޫ މީދޫ ކޯގަންނު ސަހަރާ ކުރިމަތީ ވަލުތެރޭގައި ރޯވި އަލިފާން ނިއްވާލައިފިއެވެ.
އައްޑޫ ސިޓީ މީދޫ ކޯގަން ސަހަރާ ކުރިމަތީ ވަލުތެރޭގައި ރޯވި އަލިފާން، ނިއްވާލީ ސިފައިންގެ އެހީތެރިކަމާއެކުގައެވެ.
މި ހާދިސާގެ ރިޕޯޓް އިއްޔެ 15:26 ހާއިރު ހުޅުމީދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ކަމަށްވެސް ސިފައިން ވަނީ ބުނެފައެވެ.
މިގޮތުން، ހުޅުމީދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ވަލުތެރޭގައި ރޯވި އަލިފާން ނިއްވާލެވުނީ ހަވީރު 16:10 ހާއިރު ކަމަށްވެސް ބުނެއެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ