ޚަބަރު
ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް ބޮޑުމަޝްރޫއެއްގައި ސޮއިކުރަނީ

ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުމުގެ ބޮޑު ބިޔަ މަޝްރޫއެއްގައި މާދަމާ ސޮއިކުރާނެކަމަށް ރައީސް އޮހީގެ ތަރުޖަމާނު މަބްރޫކް ޢަޒީޒް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން މަޢުލޫމާތު ދީފައިވާގޮތުން، މިއަހަރަކީ ދިވެހިރާއްޖޭގެ ކުޅިވަރަށް އިންގިލާބީ ބަދަލެއް ގެނެސްދޭނެ އަހަރެއްކަމުގައެވެ. މި ފެށޭ އަހަރު ގިނަ ކުޅިވަރު ވަސީލަތްތަކެއް ގާއިމުކުރެވިގެންދާނެ ކަމަށް ސަރުކާރުން ވަނީ މައުލޫމާތުދީފައެވެ.

ބުދަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް ބިޔަ މަޝްރޫއެއްގައި ބުރާސްފަތި ދުވަހު ސޮއިކުރަން ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން އަތޮޅުތަކުގައިވެސް ވަސީލަތްތައް ގާއިމުކުރާއިރު، މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑު ތަރައްގީކުރުމާއި، ގައުމީ ވޮލީބޯޅަ ކޯޓާއި ބާސްކެޓްބޯޅަ ކޯޓުގެ އިތުރުން ޓޭބަލް ޓެނިސް ހޯލެއް ތަރައްގީކުރުން ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ. އަދި ބައެއް ރަށްރަށުގައި ސިންތެޓިކް ޓްރެކް ތަރައްގީކުރުމާއި، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް ތަރައްގީކުރަން ހަމަޖެހިފައިވާ ކަމަށްވެސް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

މީގެ ތެރޭގައި އެބަހިމެނޭ ހދ. ކުމުންދޫ ޔޫތު ސެންޓަރުގެ މަސައްކަތް. އަދި ތ. ކަނޑޫދޫގެވެސް ޔޫތު ސެންޓަރުގެ މަސައްކަތް ހިމެނޭ. މީގެ އިތުރު ގަލޮޅު ދަނޑު އަލުން އިތުރަށް ތަރައްގީކުރުމަށް މި ޕްރޮޖެކްޓުގެ ތެރެއިން ފައިނޭންސް ކުރެވިގެންދާނެ. އަދި ނެޝަނަލް ބާސްކެޓްބޯލް ސެންޓަރެއް، މަލްޓިޕްލެކްސްއެއް ހެދުމަށް މި ޕްރޮޖެކްޓުގެ ތެރެއިން ފައިނޭންސް ކުރެވިގެންދާނެ މި އެއްބަސްވުމުގެ ތެރެއިން. ނެޝަނަލް ޓޭބަލް ޓެނިސް ސެންޓަރެއް، ނެޝަނަލް ވޮލީބޯލް ކޯޓެއް އަދި ސިންތެޓިކް ޓްރެކް އެކި ރަށްރަށުގައި، އެއީ ހދ. ކުޅުދުއްފުށީ، ގދ. ތިނަދޫ، ފުވައްމުލައް ސިޓީ އަދި އައްޑޫ ހިތަދޫގަ ކުރިއަށް ގެންދެވޭނެ. މީގެ އިތުރުން އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް ކުޅުދުއްފުށި ސިޓީގައި ތަރައްގީކުރުމަށް މި އެއްބަސްވުމުގެ ދަށުން ފައިނޭންސް ކުރެވިގެންދާނެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް

މާލެ ސަރަހައްދުގައި ކުޅިވަރުގެ ދާއިރާގެ ގިނަ މަޝްރޫއުތަކެއް މިހާރުވެސް މި ސަރުކާރުން ހިންގަމުން އަންނައިރު، މީގެ ކުރިން ނިންމި މަސައްކަތްތަކުގެ ތެރޭގައި އެކުވެނި ދުވާ ޓްރެކް، ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމާއި، ފަތާ ޓްރެކް ތަރައްގީކުރުމުގެ އިތުރުން ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސް ފާހަގަކޮށްލެވެއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމަށް މިސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާކަން ފާހަގަކުރެވެއެވެ. މިސަރުކާރު އައުމަށްފަހު އެންމެ ގިނަ މަޝްރޫއުތަކެއް މިހާތަނަށް ހިންގާފައިވަނީ ކުޅިވަރުގެ ދާއިރާއިންކަން ފާހަގަކުރެވެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!