ޚަބަރު
މާފުށީ ޖަލުގައި މެޓަލް ޑިޓެކްޓާރ ހަރުކޮށްފި، އިތުރު ފިޔަވަޅުތަކަށް ބޮޑީ ސްކޭނަރ ވެސްް ބަހައްޓާނެ!

މާފުށި ޖަލަށް ފޯނާއި މަސްތުވާތަކެއްޗާއި، އެހެނިހެން ގަވާއިދާ ޙިލާފަށް ތަކެތި ވައްދާ މައްސަލަ ބޮޑުވެ ފިޔަވަޅެއްގެ ގޮތުން މާފުށީ ޖަލުގައި މެޓަލް ޑިޓެކްޓާރ ހަރުކޮށްފިއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގުރާމްގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ، މާފުށީ ޖަލުގެ ކޮންމެ ގޮޅިއަކުން ފޯނާއި، މަސްތުވާތަކެތި ފެންނަ ކަމަށާއި، އެކަމާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ޖަލުގައި އަޅަމުންދާ ގެންދާކަމަށެވެ. އަދި މިހާޜު ޖަލުގައި މެޓަލް ޑިޓެކްޓާރ ހަރުކޮށްފައިވާ ކަމަށާއި، ވަރަށް އަވަހަށް ބޮޑީ ސްކޭން މެޝިނެއްވެސް ޤާއިމްކުރާނެ ކަމަށް ވިދާޅުވިއެވެ.

ވަޒީރު އިހުސާން ވިދާޅުވީ ހަގީގަތަކީ ޖަލުތެރޭގެ ހަމަ ކޮންމެ ގޮޅިއަކުން އެވްރެޖުކޮށް ފޯނާ އެފަދަ ތަކެތި ފެންނަމުންދާތީ ކަމަށާއި، އަދި މަސްތުވާތަކެތިވެސް ފެންނަމުންދާތީ ކަމަށެވެ.

“މިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ޖަލުން އެދަނީ އަޅަންމުން. އެޕޯޝަން ޙައްލުވީމަ ދެން މިއޮތީ ސޮސައިޓީ ތެރޭގަ ތިބި ސްކޭމް ކޯލްތައް ކުރާ މީހުން. އެކަމުގަ ބޭންކާއެކުގަ ވަރަށް ރަނގަޅު އެގްރިމަންޓެއް ހަދައިގެން އަޅުގަނޑުމެން ފުލުހުން އެދަނީ މަސައްކަތްކުރަމުން. އަޅުގަނޑުމެން މިހާރު ސްކޭމްތަކަށް ޚާއްޞަ ސެންޓަރެއް ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންގަ އިންނާނެ ޤާއިމްކުރަން.”ވަޒީރު އިޙްސާން ވިދާޅުވިއެވެ.

އަދި މީހާގެ ފައިސާ ފޭރިގަންނަ ހާލަތުގައި އެ ފައިސާ ރިކަވާ ކުރެވޭނެ މަގު ހޯދުމަށް ޕްރޮޓޮކޯލްސްތައް ހަދަމުންދާކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ވަޒީރު ފާހަގަ ކުރެއްވީ ދުނިޔޭގެ އެންމެ ޓްރެންޑިން އެއް ކްރައިމް އެއީ ސައިބަރ ކްރައިމް ކަމަށާއި، އެކަމަށް ހާއްސަ ނެޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީއެއް ވެސް ރައީސްގެ ގަރާރަކުން މިހާރު ވަނީ އުފައްދާފައި ކަމަށެވެ. އެހެންކަމުން އެތަނަށް ބޭނުންވާ އިންފްރާސްޓްރަކްޗާއާ މީހުން ބިނާކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދަާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ސްކޭމްތަކުގެ މައްސަލަތަކުގެ ރެކޯޑް ފުލުހުން ބަލަހައްޓަން ފެށިފަހުން މިހާތަނަށް އާންމުންގެ އަތުން ގެއްލުނު ފައިސާގެ އަދަދު މިލިއަނަށްވުރެ ގިނަ ކަމަށެވެ. އެހެންކަމުން މިހާރު މި ކުރެވެމުންދާ މަސައްކަތުން އެކަން ހައްލު ކުރެވޭނެ ކަމަށް ގަބޫލު ކުރެވޭނެ ވެސް ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!