މަޢުލޫމާތު
ޕެނިކް އެޓޭކް ޖެހޭ ބައެއް ސަބަބުތަކާއި، އަލާމާތްތައް!

ޕެނިކް ޑިސްއޯޑަރ އަކީ “ކުއްލިއަކަށް ބިރުގަތުމާއި ހިތް ނުތަނަވަސްވުމުގެ ޙާލަތެ”ވެ. ޕެނިކްވުމަކީ ކުއްލިއަކަށް ވަރަށް ބޮޑަށް ބިރުގަތުމާއެކު ހިތް ނުތަނަވަސްވެ، ހަދާނެގޮތް ހުސްވުމެވެ. ޕެނިކްވާ މީހާއަށް ހީކުރެވޭނީ އޭނާއަށް އިހްސާސްކުރެވޭ ބިރަކީ ހަގީގަތުގައި ވެސް އޭނާއަށް ދިމާވެފައިވާ ވަރަށް ނުރައްކާތެރި ކަމެއްކަމަށެވެ.

އާންމު ގޮތެއްގައި ޕެނިކް އެޓޭކް ގެ ދިގުމިނަކީ 10 މިނިޓެވެ. އޭގެ ފަހުން ބަލިމީހާ އާދައިގެ ޙާލަތަށް ބަދަލުވެއެވެ. ނަމަވެސް ބައެއް ފަހަރު އެއްގަޑިއިރު ނުވަތަ އެއަށްވުރެ ގިނައިރަށްވެސް މިކަން ދިގުލައިދެއެވެ. ޕެނިކް އެޓޭކް ކޮންމެ އިރަކު (މިސާލަކަށް ނިދާފައި އޮއްވައި) ވެސް ކުރިމަތިވެދާނެ އެވެ.  ކުރިން ޕެނިކް އެޓޭކް އެއް ޖެހުމަކީ ދެވަނަ ފަހަރު ޕެނިކް އެޓޭކް ޖެހުމުގެ ފުރުޞަތު އިތުރުކުރާ ކަމެކެވެ. ނުވަތަ އެފަދަ މީހަކަށް ކުރިން ޕެނިކް އެޓޭކް ނުޖެހޭ މީހަކަށްވުރެ، ޕެނިކް އެޓޭކް ޖެހުމުގެ ފުރުޞަތު ބޮޑެވެ.

ޕެނިކް އެޓޭކް ޖެހޭ ސަބަބު

– އާއިލާގެ މެންބަރުންގެ ތެރޭގައި ދައުރުވަމުން އައުން: އާއިލީގޮތުން ވާރުތަވަމުން އަންނަ ޖީން އެއްގެ ސަބަބުން މިބަލި އާއިލާ ތަކުގެ ތެރޭގައި ދައުރުވާކަން ފާހަގަކުރެވިފައި ވެއެވެ.

– ސިކުނޑީގައި ޣައިރު ތަބީޢީ ކަމެއްހުރުން : އެގޮތުން ސިކުނޑި އަދި ނާރުތަކުގެ ނިޒާމްގައި ދައުރުކުރަންޖެހޭ ކެމިކަލް މާއްދާތައް ހުންނަންޖެހޭ މިންގަނޑުގައި ނެތުމަކީ ޕެނިކް ޑިސްއޯޑަރ މެދުވެރިވެދާނެ ކަމެކެވެ. ވުމާއެކު ބޭސް ބޭނުންކުރުމުން މިކެމިކަލް މާއްދާތައް އެހުންނަންޖެހޭ މިންގަނޑަށް ގެނައުމުގައި އެހީތެރިވެދެއެވެ.

– މަސްތުވާތަކެތި އަދި ބަނގުރާ ބޭނުންކުރުން : މަސްތުވާތަކެތި ބޭނުންކުރުމާއި، ބަނގުރާ ބުއިމަކީ ޕެނިކް ޑިސްއޯޑަރ ކުރިމަތިވުމަށް މެދުވެރިވެދާނެ ކަމެކެވެ. ޕެނިކް ޑިސްއޯޑަރ ހުންނަމީހުން އެކަމުން ދުރުވުމަށްޓަކައި ތަފާތު ވައްތަރުގެ ބޭސް އަދި މަސްތުވާތަކެތި ބޭނުން ކުރެއެވެ. ނަމަވެސް މިބާވަތުގެ ތަކެތި ބޭނުންކުރުމުގެ ސަބަބުން ބަލި އިތުރަށް ގޯސްވެ، ދިރިއުޅުންދެކެ ފޫހިވާ ހިސާބަށް ދެއެވެ.

– ދިރިއުޅުމުގައި ދިމާވާ ފިއްތުންތައް : ދިރިއުޅުމުގައި ފިއްތުންތައް ކުރިމަތިކުރުވާ އެކި ކަންތައް (މިސާލަކަށް ބޮޑު ކާރިސާއެއް ހިންގުން، މައިންބަފައިންގެ ތެރެއިން އެކަކު ނިޔާވުން، ތިމާގެ މީހަކު މަރުވުން ފަދަ ކަންތައްތައް) ތަކުގެ ސަބަބުން ވެސް ޕެނިކް ޑިސްއޯޑަރ ކުރިމަތިވުމަކީ ވެދާނެ ގޮތެކެވެ. ޕެނިކް ޑިސްއޯޑަރ ކުރިމަތިވެފައި ވަނިކޮށް މިފަދަ ކަމެއް މެދުވެރިވެއްޖެނަމަ ބަލި އިތުރަށް ގޯސްވުމަކީ ވެދާނެ ގޮތެކެވެ.

ޕެނިކް އެޓޭކްގެ ބައެއް އަލާމާތްތައް

  1. ދާހިއްލުން
  2. ނޭވާ ކުރުވުން / އަވަސް އަވަހަށް ނޭވާލުން
  3. ހިތުގެ ވިންދު އަވަސްވެ ހިތް ބާރަށް ތެޅުން / މޭތެޅުން
  4. މޭގައި ރިހުން
  5. ހަނުހުންނަން އުދަގޫވުން
  6. ކަރުތެރެ ބެދި ނޭވާލާން އުދަގޫވާހެން ހީވުން
  7. ހަތަރެސްފައި އައްސިވުމާއެކު ގަޔަށް ކަށިހެރޭހެން ހީވުން
  8. ހަށިގަނޑު ފިނިވެ ހީކަރުވައި، ތުރުތުރުއެޅުން ނުވަތަ ބައެއްފަހަރު ހަށިގަނޑު ހޫނުވެ މޫނުރަތްވެ ދިލަނެގުން
  9. ދާހިއްލުން
  10. ހޭނެތުން / ޚަބަރު ހުސްވުން
  11. ތުރުތުރުއެޅުން
  12. ބޯއެނބުރުން
  13. މޭނުބައިކުރުން
  14. ބަނޑުގައި ރިހުން
  15. ވަރުބަލިވުން / ވަރުދެރަވުން

މިހާރު ކުރިއަށްދާ ދިރާސާތަކުން އެނގޭގޮތުގައި ޕެނިކް ޑިސްއޯޑަރ އަކީ ފަރުވާކުރެވިއްޖެނަމަ މުޅިން ރަނގަޅު ކުރެވިދާނެ ބައްޔެކެވެ. ބަލީގެ ކުރީކޮޅުގައި މިކަން ދެނެގަނެވި، އެކަށީގެންވާ ފަރުވާއެއް ލިބިއްޖެނަމަ އެއީ އަވަސް ޝިފާއަކަށް މަގުފަހިވާނެ ކަމެކެވެ. ރަނގަޅަށް އެކަށޭނަގޮތުގައި ފަރުވާކުރެވިއްޖެނަމަ 90 އިންސައްތަ މީހުންނަށް ލުއިލިބޭކަން ފާހަގަ ކުރެވެއެވެ.

މަސްދަރު: ކުލުނު – 259 – ޕެނިކް އެޓޭކް – މާރޗް 2009
ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!