ހުޅުމާލެ ހިޔާ ފްލެޓުގައި ކުއްޖަކަށް އަނިޔާކުރާ މަަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މިޑީއާގައި ދައުރު ކުރަން ފަށައިފި އެވެ.
އާއްމުވެ ދައުރުވަމުންދާ ވީޑީއޯގެ މަންޒަރު ފެންނަ ގޮތުގައި ހިޔާ ފްލެޓުގެ ކޮރިޑޯއެއްގައި، ދެ ކުއްޖަކު ބައިވެރި ވެގެން، ކުއްޖަކަށް އަނިޔާކުރާ މަންޒަރެވެ. ކުއްޖާ ބިންމައްޗަށް ވައްޓާލާ އަނިޔާކުރާ މަންޒަރު ފެންނައިރު އެ ކުއްޖާގެ ރުއިމުގެ އަޑުވެސް އިވެއެވެ.
އަދި އަނިޔާ ލިބޭ ކުއްޖާ ރޯއަޑާއެކު އަނެއްކުއްޖާ “ބެހިއްޖެއްޔާ ކީއްހޭ ކުރާނީ” މިހެން ތަކުރާރުކޮށް އަހާ އަޑުވެސް އިވެއެވެ. ކުއްޖާއަށް އަނިޔާ ކުރި ވަގުތު އެ ތަނުގައި އިތުރު ދެ މީހަކު ތިބި މަންޒަރު ވެސް ވީޑިއޯ އިން ފެނެއެވެ.
“15 މިނެޓް، މި ތަނުން ނައްޓާލާ،” އަނިޔާ ކުރުމަށްގަހު، ތަނުން ދިޔުމަށް އަނިޔާކުރާ ކުއްޖާ ބުނާ އަޑުވެސް ވީޑިއޯއިން އިވެ އެވެ.

