ޚަބަރު
ޖަލު ބަލަހައްޓާ18 އޮފިސަރެއްގެ އެކައުންޓްތަކުގައި 73 މިލިއަނަށްވުރެ ގިނަފައިސާ

ޖަލު ބަލަހައްޓާ 18 އޮފިސަރެއްގެ އެކައުންޓްތަކުގައި 73 މިލިއަނަށްވުރެ ގިނަފައިސާ ހުރިކަމަށް ފުލުހުން ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، އަބްދުﷲ ޝަރީފް ވިދާޅުވީ ގަވާއިދާ ހިލާފަށް މަނާތަކެތި ޖަލަށް އެތެރެކުރަން އެހީތެރިވެދީގެން ގިނަ އަދަދެއްގެ ފައިސާ ޖަލު އޮފިސަރުން ހޯދާފައިވާ ކަމަށެވެ.

“އާދަޔާ ޚިލާފަށް ބައެއް މުވައްޒަފުންގެ އެކައުންޓަށް ފައިސާ ޖަމާވެފައިހުރި ކަން ފާހަގަކުރެވޭ. ފައިސާ ޖަމާކޮށްފައި ހުރީ މިވަގުތު ޖަލުގައި ތިބި އަދި ކުރީގައިވެސް ޤައިދީންގެ އެކައުންޓުތަކުން” ޝަރީފް

މިފަދަ މައުލޫމާތުތައް ލިބުމާއި ގުޅިގެން މިހާރު މާފުށީގައި އޮޕަރޭޝަނެއް ފެށިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ހައްޔަރުކުރި މުވައްޒަފުންގެ އެކައުންޓަށް ފައިސާ ޖަމާކުރި ފަރާތްތައް ހޯދާ އެފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް ގަވާއިދުގެ ތެރެއިން އަޅަމުންދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!