ޚަބަރު
ޖަމީލުގެ ހަށިގަނޑުން ނިޝާންތައް ފެނުނު ނަމަވެސް، ގޯނާކޮށްފައިވާ ކަމަށް ނުބެލެވޭ: ފުލުހުން

ކ. މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ އިއްޔެ މަރުވި މުޙައްމަދު ޖަމީލުގެ ހަށިގަނޑުން ނިޝާންތަކެއް ފެނުނު ނަމަވެސް، އެއީ މީހަކު ކުރި ގޯނާއެއްގެ ސަބަބުން ހުރި ނިޝާންތަކެއް ކަމަށް މިހާތަނަށް ކުރި ތަހުގީގުން ނުބެލެވޭ ކަމަށް ފުލުހުން ބުނެފިއެވެ.

ޖަމީލް މަރުވި ފަހުން އޭނާގެ ހަށިގަނޑުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުކޮށް، ބަޔަކު ވަނީ އޭނާގެ ހަށިގަނޑުން ފެންނަ ނިޝާންތަކުން އޭނާއަށް ޖިސްމާނީ އަނިޔާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ބުނެފައެވެ.

އެ މައްސަލައާ ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް ބައިވެރިވެވަޑައިގެންނެވިއިރު އޭނާ ވިދާޅުވީ، އޭނާގެ ހަށިގަނޑުން ފެނުނު ނިޝާންތަކަކީ މީހަކު ދިން އަނިޔާގެ ސަބަބުން ހުރި ނިޝާންތަކެއް ކަމަށް ނުބެލެވޭ ކަމަށް ޑޮކްޓަރުން ވެސް ވިދާޅުވެފައިވާ ކަމަށެވެ.

އިހުސާން ވިދާޅުވީ ޑޮކްޓަރުން ވެސް ޖަމީލުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމު ހަދަން ޖެހޭ ސަބަބެއް ނެތް ކަމަށް އެންގުމުން އިއްޔެގެ 18:10 ގައި އޭނާ ވަޅުލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އާއިލާއަށް ހަށިގަނޑު ހަވާލުކުރި ކަމަށެވެ.

އެކަމަކު ޖަމީލުގެ ހަށިގަނޑު، ހިނަވާގޭގައި ބާއްވާފައި އޮއްވައި އޭނާގެ ގައިގައި ހުރި ނިޝާންތަކެއް ދައްކައި އަނިޔާކުރި ކަމުގެ ތުހުމަތު ސޯޝަލް މީޑިއާގައި ކުރަން ފެށުމުން ޕޯސްޓްޕޯޓަމް ހެދުމަށް ފުލުހުންނަށް އެންގި ކަމަށް އިހުސާން ވިދާޅުވިއެވެ. އެކަމަކު ފުލުހުން އެތަނަށް ދިއުމުން އާއިލާއިން އެއީ ގުދުރަތީ މަރެއް ކަމަށް ގަބޫލުކުރާ ކަމަށާއި ޕޯސްޓްމޯޓަމް ހަދައިގެން ހަށިގަނޑަށް އިތުރަށް ގެއްލުންދޭން ބޭނުން ނުވާ ކަމަށް ބުނުމުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެސް ލަފާފުޅުހެ މަތިން ނިންމީ އާއިލާއާ ދެކޮޅަށް އެކަން ނުކުރާން ކަމަށް އިހުސާން ވިދާޅުވި އެވެ.

ޕްރެސް ކޮންފަރެންސްގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ސާމިހު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް ކުރި ތަހުގީގުން އެނގިފައިވާ ގޮތުގައި ހަށިގަނޑުގައި ނިޝާންތަކެއް ހުއްޓަސް އެއީ މީހަކު އޭނާއަށް ދިން އަނިޔާއެއް ކަމަށް ނުބެލެވޭ ކަމަށެވެ.

ސާމިހު ވިދާޅުވި ގޮތުގައި އިއްޔެ ރޭ އެންމެ ފަހުން ޖަމީލު ގޮޅިއަށް ވަނީ 9:30 ހާއިރު އެވެ. އޭގެ ފަހުން އެއްވެސް މީހަކު އެ ގޮޅިއަށް ވަދެފައި ނުވާކަން ސީސީޓީވީ ފޫޓޭޖުން އެނގެ އެވެ. އަދި އެ ދުވަހުގެ ހެނދުނު 6:00 ހާއިރު އޮފިސަރުން ގޮޅިތަކަށް އާންމު އުސޫލުން ޒިޔާރާތް ކުރިއިރު ވެސް އެ ގޮޅިއަށް އޮފިސަރުން ވަދެފައި ނުވަނީ އޭނާ ނަމާދުގައި ސަޖިދައިގައި އޮތުމުންނެވެ.

އޭނާގެ ގޮޅީގައި ހަރުކޮށްފައިވާ ކެމެރާގައި ފޫޓޭޖް ވެސް މީޑިއާއަށް ޕްރެސްގައި ދެއްކިއިރު އެއިން ފެންނަ ގޮތުގައި ޖަމީލުގެ އެންމެ ފަހުގެ ހަރަކާތް ފެނިފައި ވަނީ 7:43 ހާއިރެވެ. އަދި އޭގެ ފަހުން އޭނާގެ ހަށިގަނޑުގެ އެއްވެސް ހަރަކާތެއް ނެތުމުން 11:34 ހާއިރު އޮފިސަރުން ވަނީ ގޮޅިއަށް ވަދެފަ އެވެ.

“އޭރުން ފެށިގެން 11:34 އާ ހަމައަށް އޮފިސަރުން ވަންނަންދެން މުހައްމަދު ޖަމީލު އޮތީ ސަޖިދައިގައި އޮންނަ ގޮތަށް،” ޑެޓް އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓުގެ ހެޑް، އިންސްޕެކްޓަ އޮފް ޕޮލިސް ސާމިހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހަށިގަނޑުގައި ހުރި ނިޝާންތަކަކީ ގިނައިރު އެގޮތަށް އޮތުމުގެ ސަބަބުން ހަށިގަނޑަށް ލިބިފައިވާ އަނިޔާތަކަކެވެ. އަދި ހަށިގަނޑުގެ ކުލަ ވެސް ބަދަލުވެފައި ވަނީ އެހާ ގިނައިރު އެގޮތަށް އޮތުމުން ކަމަށް ވިދާޅުވި އެވެ.

މާފުށި ޖަލުގައި ޖަމީލް ބަންދުކޮށްފައިވަނީ ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައެވެ. ނަމަވެސް އޭނާ ބަންދުކޮށްފައިވަނީ ކޮން ދުވަހަކު ކަމެއް އެނގިފައެއް ނުވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!