ޚަބަރު
ތުރުކީގެ ކާޑު އޭޕްރީލުން ފެށިގެން ލިބެމުންދާ ކަމަށް އެސްޓީއޯއިން ބުނެފި

ދިވެހިރާއްޖެއަށް ކާޑުގެ ބާވަތްތައް ގެނައުމަށް ތުރުކީވިލާތާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މި އަހަރުގެ އޭޕްރިލް މަހުން ފެށިގެން ކާޑުގެ ބާވަތްތައް ގެންނަ ކަމަށް ސްޓެޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވީ، ހަނޑޫ، ހަކުރު، ފުށް ފަދަ ޒަރޫރީ ތަކެތި ގެނައުމުގައި އެއް ގައުމަކަށް ބަރޯސާވުމުގެ ބަދަލުގައި އެހެން ގައުމުތަކުން ވެސް އެ ތަކެތި ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ތުރުކީއަކީ ރާއްޖެއިން ކާޑު ގަންނާނެ އެއް ގައުމު ކަމަށް ރައީސް ވިދާޅުވިއެވެ.

އެކަމަށް އިޝާރާތްކުރައްވާ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، “އެންމެ ދިމާލަކަށް ބަރޯސާނުވާން ތުރުކީން ގެންނަ ބާވަތްތައް މިހާރު އަތުވެއްޖެތޯ” ސުވާލުކުރައްވާފައެވެ.

އެއަށް ޖަވާބުދެއްވާ އެސްޓީއޯގެ މީޑިއާ އޮފިޝަލް ޔޫސުފް ޝާހު ވަނީ ތުރުކީން ގެނައި ފުށުގެ ޝިޕްމަންޓް އޭޕްރީލް މަހުގެ 20 ވަނަ ދުވަހު މާލެއަށް އައި ކަމަށް ވިދާޅުވެފައެވެ.

މީިޑިއާ އޮފިޝަލާ ހަވާލާދީ ސަން އޮންލައިން ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުން ފުރަތަމަ ޝިޕްމަންޓް އައިއިރު 20،800 ފުށް ބަސްތާ ގެނައި ކަމަށެވެ.

“އަބަދު ވެސް އަޅުގަނޑުމެން އެކި ގައުމުތަކުން ކުރާ ކަމެއް މީ ކާޑުގެ ބާވަތްތަކާއި އެހެނިހެން ޒަރޫރީ ތަކެތި ކައިރި އެހެން ގައުމުތަކުން ގެނައުން. އަދި މިހާރު ވެސް މިފަދަ ޝިޕްމަންޓުތަކަށް ވާނީ އޯޑަރު ޖަހާފައި،” އޭނާ ވިދާޅުވިއެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ތުރުކީއަށް އެމަނިކުފާނު ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަނީ، އެ ގައުމުން ކާޑުގެ ބާވަތްތައް ރާއްޖެ ގެނައުމަށް އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.

އޭރު ރައީސް ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ހަނޑޫ، ހަކުރު އަދި ފުށް ގެނައުމުގައި އެއް ދިމާލަކަށް ބަރޯސާ ނުވާނެ ކަމަށެވެ. އެގޮތުން ރާއްޖެއަށް ބޭނުންވާ ވަރަށްވުރެ އިތުރަށް 10 ޕަސެންޓު ލާފައި އެ އެއްބަސްވުން ހެދިކަމަށް ރައީސް ވިދާޅުވިއެވެ.

“ހަނޑޫ، ހަކުރު، ފިޔާ، ބިސް، އަލުވި ފަދަ ތަކެތި މިހާރު އެކި ގައުމުތަކުން ވަނީ ހަމަޖެހިފައި،” އޭރު ރައީސް ވިދާޅުވިއެވެ.

މިދިޔަ ރޯދަ މަހު ވެސް އެސްޓީއޯއިން ވަނީ، ރޯދަ މަހާ ދިމާކޮށް ކޮންމެ ގޭބީސީއަކަށް ހިލޭ ބަހަން ސަރުކާރުން ނިންމި، 10 ކިލޯ ބާސްމަތީ ހަނޑުލާއި، 10 ކިލޯ ފުށް ބެހުމުގެ މަސައްކަތް ވެސް ކޮށްފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!