ޚަބަރު
މިހާރުން މިހާރަށް ހަރަދު ކުޑަކުރުމަށް ކައުންސިލްތަކަށް އަންގައިފި

ޚަރަދު ކުޑަކުރުމުގެ ގޮތުން ލޯކަލް ކައުންސިލްތަކުގެ ރިކަރަންޓް ޚަރަދު ކުޑަކުރަން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން އެދިވަޑައިގެންފިއެވެ.

އިދާރީ ދާއިރާތައް ހިންގުމާބެހޭ ވުޒާރާއިން ނެރުނު ސާކިޔުލަރއެއްގައި ވަނީ، ރާއްޖޭގެ މާލީ ޙާލަތު ހުރިގޮތުން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ދަރަނި ބޮޑުވުމުގެ ސަބަބުން މިވަގުތު އިޤްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެ ކަންކަން ތަންފީޒު ކުރުން މުހިންމުކަމަށް ސާކިޔުލަރގައި ފާހަގަކުރެއްވިއެވެ. މިހެންވެ ކައުންސިލްތަކުގެ ރިކަރަންޓް ޚަރަދުތައް ކުޑަކުރުމަށް ސާކިޔުލަރގައި ވަނީ އެދިވަޑައިގެންފައެވެ.

މިވަގުތު ކޮންމެހެން ކުރަންޖެހޭ ޚަރަދުތަކާއި ދަތުރުތައް ނުކުރުމަށްވެސް ސާކިޔުލަރގައި އެދިވަޑައިގެންފައިވެއެވެ. އަދި ކޮންމެހެން ބާއްވަންޖެހޭ ޖަލްސާތަކާއި ތަފާތު މުބާރާތްތައް ނުބޭއްވުމަށާއި، ވުޒާރާތަކާ ބައްދަލު ކުރުމަށް މާލެ އައުމުގެ ބަދަލުގައި އޮންލައިންކޮށް ބައްދަލުވުންތައް ރޭއްވުމަށް ސަމާލުކަން ދެއްވުމަށްވެސް އެ ވުޒާރާއިން ވަނީ އެދިވަޑައިގެންފައެވެ. އަދި ރާއްޖޭގެ ދަރަނި އަދާކުރުމާއި ރިކަރަންޓް ޚަރަދު ކުޑަކުރުމަށް ކައުންސިލްތަކުންދޭ އެއްބާރުލުމަށް އިދާރީ ދާއިރާތައް ހިންގުމާބެހޭ ވުޒާރާއިން ވަނީ ޝުކުރުއަދާކުރައްވާފައެވެ.

މިކަމާއި ގުޅޭގޮތުން ލޯކަލް ކައުންސިލްތަކުގެ ބެލެނިވެރިފަރާތްތަކަށްވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭގެ ސީއީއޯ ޑރ. މަރްޔަމް ޒުލްފާ ވިދާޅުވީ ދައުލަތުގެ މާލީ ޙާލަތު ރަނގަޅުކުރުމަށް ކައުންސިލްތަކުން އެއްބާރުލުން ދިނުން ވަރަށް މުހިންމު ކަމަށެވެ. އަދި ވުޒާރާއިން ނެރެފައިވާ ސާކިޔުލަރއާ އެއްގޮތަށް ޢަމަލުކުރުމަށް ރާއްޖޭގެ ހުރިހާ ކައުންސިލްތަކުގެ ރައީސުންނަށް ޑރ. ޒުލްފާ އިލްތިމާސްކުރެއްވިއެވެ.

ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ޙަލަތު ދަށްވުމާއި ގުޅިގެން، އެ ޙާލަތުން އަރައިގަތުމަށް ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން ކަރަދުތައް ކުޑަކުރުމާއި، ކުންފުނިތައް އިޞްލާހުކުރުންފަދަ ފިޔަވަޅުތައް ތަންފިޒްކުރަން ވަނީ ފަށްޓަވާފައެވެ. ރާއްޖޭގެ އިޤްތިޞާދީ ޙާލަތުން އަރައިގަތުމަށް އަޅަމުން އަންނަ ފިޔަވަޅުތަކަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންވެސް ވަނީ މަރުޙަބާ ކިޔާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!