ރާއްޖޭގައި މަސްވެރިކަން ކުރާ މަސްވެރިންގެ ޤައުމީ ދަފްތަރެއް އެކުލަވާލަން ފިޝަރީޒް މިނިސްޓްރީން ނިންމައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މަސްވެރިންގެ ދަފްތަރު އެކުލަވާލަވާލާނީ މިހަފްތާ ބަންދުގައި ކަމަށެވެ. އެންމެ ފުރަތަމަ މަސްވެރިންގެ ދަފްތަރު ހުޅުވާލާފައިވަނީ މިއަރުގެ ފެބްރުއަރީމަހުގެ 16ވަނަ ދުވަހު އެވެ. އެގޮތުން ށ. ކޮމަންޑޫގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ މަސްވެރިންގެ ގައުމީ ދަފްތަރެއް އެކުލަވާލުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަ ދައްކަވާފައެވެ.
މަސްވެރިންގެ ޤައުމީ ދަފުތަރު އެކުލަވާލުމަށް ނިންމާފައިވަނީ މަސްވެރިކަމުގެ ބާވަތްތައް ކަމަށްވާ ފާނައިގެ މަސްވެރިކަން ފަދަ ފަރުމަސްވެރިކަމާއި، ގުޅުންހުރި ބައިތައް އެކުލެވޭ ގޮތަށް ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. އެ މިނިސްޓްރީން ވަނީ މިނިސްޓްރީގެ ޓީމުތައް އެކި ރަށްރަށުގައި މިހަފްތާ ބަންދުގައި މަސްވެރިންގެ ދަފްތަރު އެކުލަވާލުމުގައި ހަރަކާތްތެރިވާނެ ކަމަށްވެސް ބުނެފައެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން ފަށާފައިވާ މަސައްކަތުގެ ތެރެއިން ކުރަން ނިންމާފައިވާ މުހިންމު މަސައްކަތެއް ކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

