ޚަބަރު
ހިޔާނާތުން ގެއްލުނު ފައިސާ ހޯދަން އެސެޓް ރިކަވަރީ ބިލެއް ހުށަހަޅަނީ

ކޮރަޕްޝަނާއި ޚިޔާނާތުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް އެސެޓް ރިކަވަރީ ބިލެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މިރޭ ބޭއްވި ޕީއެންސީގެ ޖަހަގަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިހާރު ގާނޫނުތައް ހުރިގޮތުން، ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދުމަށް ދަތިތަކެއް އެބަހުރި ކަމަށެވެ. އަދި ގެއްލުނު ފައިސާ ހޯދުމަކީ އެމަނިކުފާނުގެ ވައުދުފުޅަކަށް ވާއިރު، އެ ފައިސާ އަނބުރާ ހޯދުމަށް ގާނޫނެއް ފާސް ކުރުމަށްޓަކައި އެސެޓް ރިކަވަރީ ބިލެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަ ކަމަށްވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ހިޔާނާތުން ގެއްލުނު ފައިސާ ހޯދައި، ކުށްވެރިވާ މީހުންނަށް ހައްގު އަދަބު ދޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައަކީ ކޮރަޕްޝަނުގެ އެންމެ ބޮޑު އެއް މައްސަލަ ކަމަށާއި އެ ވައްކަން ކުރި ފަރާތްތައް ދެނެގަނެ އެއީ ކޮންމެ މީހެއް ކަމުގައިވިޔަސް ޙައްގު އަދަބުދީ، އެ ފައިސާ އަނބުރާ ހޯދުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށެވެ.

“އެއީ ރައްޔިތުންގެ މުދާ، އެއީ ރައްޔިތުންގެ ފައިސާ. އެ ފައިސާ ހޯދައި މިދެންނެވި އެސެޓް ރިކަރަވަރީ ޤާނޫނު ތައާރަފުކޮށް އަދި ދެންވެސް އެކިއެކި ވައްކަންތަކުގައި ރައްޔިތުންގެ އަތުން ގެންގޮސްފައިވާ އެކިކަހަލަ މުދާތައް އަނބުރާ ހޯދުމަކީ އަޅުގަނޑުމެން ކުރާނެ ކަމެއް،” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޮރަޕްޝަނަކީ އަބަދު ސަރުކާރު ތެރޭގައި ހިނގަހިނގާ އޮންނަ ކަމެއްގެ ގޮތުގައި އޮތްއޮތުމަށް ބަދަލު ގެންނަވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ރައްޔިތުންނަށްޓަކައި ތެދުވެރިކަމާއި އަމާނާތަތްތެރިކަމާއެކު ވެރިކަން ކުރައްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!