ޚަބަރު
އިންޑިޔާގެ ފުރަތަމަ ކާގޯ ބޯޓު 150ޓަނުގެ ޕެރިޝަބަލް ކާބޯތަކެއްޗާއެކު މާދަމާރޭ ހިތަދޫ ޕޯޓަށް ބަނދަރު ކުރާނެ!

އިންޑިއާގެ ފުރަތަމަ ކާގޯ ބޯޓު, ކާބޯތަކެތި ހިފައިގެން އައްޑޫ ސިޓީއަށް ދާނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅޭ ގޮތުން ހުވަދޫ މީޑިޔާއަށް މައުލޫމާތު ދެއްވަމުން، އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް ވިދާޅުވި ގޮތުގައި، އައްޑޫސިޓީއަށް ކާބޯތަކެތި ހިފައިގެން ދަތުރުކުރަމުން ދާ އިންޑިޔާގެ ބޯޓު މާދަމާ ރޭ 8:00 ޖަހާއިރަށް ސ. ހިތަދޫ ޕޯޓަށް ބަނދަރުކުރާނެ ކަމަށެވެ.

އައްޑޫ ސިޓީއަށް ދަތުރު ކުރަމުންދާ ބޯޓުން، ފިޔާ، އަލުވި، ބިސް، ތަކުރާރީ އާއި މޭވާ ގެންނާނެ ކަމަަށާއި މި ގެންނަނީ ޖުމްލަ 150 ޓަނުގެ ކާބޯތަކެތި ކަމަށްވެސް ވަޖީހު ވަނީ ހާމަކުރައްވާފައެވެ.

ކޮންމެ ދިހަ ދުވަސް ނޫނީ ފަނަރަ ދުވަހަކުން އިންޑިއާއިން ރާއްޖެއަށް މުދާ އުފުލާ ބޯޓެއް ގެނައުމަށް މަސައްކަތްތައް ކުރަމުންދާ ކަމަށާއި އެހެންނަމަވެސް އެގޮތަކަށް ހަމަޖެހިގެންދާނީ އައްޑޫގައި މުދަލަށް ބޭނުން ޖެހޭވަރު، ޑިމާންޑް އޮތީ ކިހާވަރަކަށް ކަން އެނގުމުން ކަަމަށާއި އަދި އައްޑޫ ސިޓީގެ ވިޔަފާރިވެރިންނާ، އެކަމާ ގުޅޭގޮތުން މަޝްވަރާކުރަމުންދާ ކަމަށްވެސް ވަޖީހު ވަނީ ވިދާޅުވިއެވެ

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!