ޚަބަރު
އަފްޣާނިސްތާނުގެ ރައްޔިތުން ބަނޑަށް ޖެހިދާނެ ކަމުގެ ބިރުބޮޑުވެފައި

ޠާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމާއި ފާއިތުވީ އޮގަސްޓް މަހުގެ 15 ގައި ހަވާލުވެފައިވާއިރު، އެޤައުމުގެ ރައްޔިތުންނަށް ކާބޯތަކެތީގެ ކާރިސާއަކާއި ކުރިމަތިލާން ޖެހިދާނެކަމަށް އ.ދ ބުނެފިއެވެ.

އ.ދ އިން ލަފާކުރާގޮތުގައި ކުރިޔަށް އޮތް މަސްދުވަހުގެ ތެރޭގައި އަފްޣާނިސްތާނުގައި ކާބޯތަކެތީގެ ކާރިސާއަކާއި ކުރިމަތިވުން އެކަށީގެންވެއެވެ. އދ. އިން އަންދާޒާކުރާގޮތުން އެގައުމުގެ ތިންބައި ކޮށްފަ އެއްބައި މީހުން ބަނޑަށް ޖެހިދާނެ ކަމުގެ ބިރު އެބައޮތެވެ.

މީގެ އިތުރުން މިހާރުވެސް އަފްޣާނިސްތާނުގައި ތިބި ދެބައި ކޮށްފަ އެއްބައި ކުޑަކުދިންނަށްވެސް ކާއެއްޗެހި ލިބުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އދ. އިން ރިޕޯޓްކުރެއެވެ.

އަލްޖަޒީރާ ފަދަ ޚަބަރު ފަތުރާ ބޮޑެތި މީޑިޔާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، އަފްޣާނިސްތާނުގައި ކާބޯތަކެތީގެ އަގު އަންނަނީ އުފުލެމުންނެވެ. އަލްޖަޒީރާއިން ބުނެފައިވަނީ އެގައުމުގެ ކާބޯތަކެތީގެ އަގު 50 އިންސައްްތަ އިތުރުވެފައިވާ ކަމަށެވެ. އަދި ކާބޯތަކެތީގެ އިތުރުންވެސް ތަފާތު އެހެނިހެން ތަކެތީގެ އަގު އަފްޣާނިސްތާނުގައި ބޮޑުވެފައިވާކަން ފާހަގަކޮށް އަލްޖަޒީރާއިން ބުނީ ޕެޓްރޯލުގެ އަގު 75 އިންސައްތައަށް އިތުރުވެފައިވާ ކަމަށެވެ.

އަފްޣާނިސްތާނުގެ ރައްޔިތުން ބަޑަށްޖެހިދާނެކަމުގެ އިންޒާރު އދ. އިން ދީފައިވާ މިދަނޑިވަޅުގައި، ބައިނަލްއަޤްވާމީ އެތައް ބައެއްގެ އެހީ އަފްޣާނިސްތާނަށް ދިނުން ވަނީ ހުއްޓާލާފައެވެ. މިޑިޔާތަކުން ރިޕޯޓްކޮށްފައިވާގޮތުން، އެހީތައް ކަނޑާލުމުން ތާލިބާން ޖަމާައަތައް އަފްޣާނިސްތާނުގެ ސަރުކާރު ހިންގުމަށް ގޮންޖެހުންތަކަކާއި ކުރިމަތިވެ، ސަރުކާރުގެ މުވައްޒަފުންނަށް މުސާރަވެސް ނުދެވޭނެއެވެ.

އަފްޣާނިސްތާނުގެ ގިނަ ރައްޔިތުންނެއް އެޤައުމު ދޫކޮށް ގޮސްފައިވާ މިހާލަތުގައި، އެހެން ގައުމުތަކުގެ އެމްބަސީތައް ވެސް އަންނަނީ ބަންދުކުރަމުންނެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!