ޚަބަރު
އާބާދީ 55 ގެ ފަހުގެ ތައްޔާރުވުން ތައް ކުރިޔަށް

އާބާދީ 55 ގެ ފަހުގެ ތައްޔާރު ވުން ތައް ކުރިޔަށް ގެންދަން ފަށައިފިއެވެ.

އެގޮތުން މިއަދު ވަނީ އާބާދީ 55 ގެ ޚާއްޞަ ރަސްމިއްޔާތު ބާއްވަން ހަމަޖެހިފައިވާ ތިނަދޫ މިއުޒިއަމް ޕާކްގެ  ވަށައިގެންވާ ގްރީން ޕާކް ތަކުގައި ކުލަލައި ސާފު ކުރަން ފަށާފައެވެ. ގިނަ ބަޔަކު ބައިވެރިވި މި ރަސްމިއްޔާތުގައި ތިނަދޫ ރައީސް ސައުދު ޢަލީ އާއި ނައިބު ރައީސް ނަސްރަﷲ ޢަލީ ގެ އިތުރުން ކައުންސިލް މެމްބަރު އާމިނަތު ނަސީމާ އާއި ކައުންސިލް މެމްބަރު އަހުމީމާ އަހުމަދު ބައިވެރިވެ ލެއްވިއެވެ. 

ތިނަދޫ ރައީސް ސައުދު އަލީ ވިދާޅުވީ މިއަދު ކުރިޔަށް ގެންދިޔައީ އާބާދީ 55 ފާހަގަ ކުރުމަށް ކުރެވުނު މުހިންމު މަސައްކަތެއް ކަމަށާއި  މިއަދުގެ މަސައްކަތް ކޮއްފައި ވަނީ މުޅިންވެސް ތިނަދޫ ކައުންސިލްގެ މުވައްޒަފުން ކަމަށެވެ. މި ކަމުގައި ބައިވެރިވި އެންމަހާ ފަރާތްތަކަށާއި އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާކަމަށެވެ.

ތިނަދޫ އަށް 2 ވަނަ ފަހަރަށް މީހުން އާބާދުވާން ފެށި ދުވަސް ، 22 އޮގަސްޓް 1966 ފާހަގަ ކުރުމަށް މިފަހަރު ވަނީ ވަރަށް ގިނަ ހަރަކާތްތައް ހިންގުމަށް ނިންމާފައެވެ.  މިމަހުގެ 9 އަދި 10 ގައި ތިނަދޫ އާބާދީ 55 ކުލަ ގަދަކޮށް ފާހަގަ ކުރުމަށް ތައްޔާރު ވަމުން ދާއިރު މި ދިޔަ އޮގަސްޓް މަހުގެ 22 ވަނަ ދުވަހު ވަނީ ތިނަދޫ އަށް ޚާއްސަ ދިދަ ނެގުން ޚާއްޞަ ރަސްމިއްޔާތަކާއެކު ބާއްވާފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!