ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެހުރެ އުފެއްދި ސިޔާސީ ޕާޓީ “ދަ ޑިމޮކްރެޓްސް” އަށް 1 އަހަރު ފުރުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު ދަ ޑިމޮކްރެޓްސް ޕާޓީއަށް ތަހުނިޔާ ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޑިމޮކްރެޓްސް ޕާޓީ އަކީ ރާއްޖޭގައި އެންމެފަހުން އުފެއްދި ޕާޓީއެވެ. “ދަ ޑިމޮކްރެޓްސް”ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް، ޖަލްސާ ބޭއްވުމުގެ ހުއްދަ، އިލެކްޝަންސް ކޮމިޝަނުން ދެއްވީ 2023 ވަނަ އަހަރު ޖުލައި 2 ވަނަ ދުވަހުއެވެ. ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކުރީ 12 ޖުލައި 2023ގަ އެވެ.
ދަ ޑިމޮކްރެޓްސް އަކީ ރައީސް މުޙައްމަދު ނަޝީދަށް ތާއީދު ކުރައްވާ ފަރާތްތައް ގުޅިގެން އުފައްދާފައިވާ ސިޔާސީ ޕާޓީއެކެވެ. ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެޕާޓީން ވާދަ ކުރެއްވިއެވެ. ނަމަވެސް އެޕާޓީން އަށް ލިބުނީ 15،839 ވޯޓެވެ. އެހެންކަމުން އެޕާޓީ އޮތީ އިންތިހާބުގެ ނަތީޖާ ދައްކާގޮތުން އެންމެ ފުލުން ދެވަނައިގައެވެ.