ފައިސާ ދައްކަން ބޭނުންކުރާ ޕޯޓަލް “ބަނޑޭރި ޕޭ” އަށް އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް، އެމް-ފައިސާ ތައާރަފުކޮށްފިއެވެ.
“ބަނޑޭރި ޕޭ” އަކީ ސަރުކާރުގެ އެކި ހިދުމަތްތަކަށް ފައިސާ ދައްކަން ބޭނުންކުރާ ރަސްމީ ޕޯޓަލްއެވެ.
ބަނޑޭރި ޕޯޓަލް އިން މިހާރު ފައިސާ ދައްކާއިރު، އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެއެވެ.
އެމް-ފައިސާ މެދުވެރިކޮށް ލިބޭނެ ހިދުމަތް ތަކުގެތެރޭގައި އަވަސް އަދި ފަސޭހަ ޕޭމަންޓް ގެ ގޮތުގައި ފިޒިކަލް ކޭޝް ނުވަތަ ދިގު ޕްރޮސެސްތަކެއް ބޭނުން ނުކޮށް ސަރުކާރުގެ ހިދުމަތްތަކަށް ވަގުތުން ފައިސާ ދެއްކުމާއި ސެކިއުރިޓީ އިތުރުކުރުން ހިދުމަތުގެ ގޮތުގައި ކޮންމެ މުއާމަލާތެއް ވެސް ހިމާޔަތްކުރާ އެންމެ ޒަމާނީ ސަލާމަތީ ފިޔަވަޅުތަކާއެކު ނަފްސުގެ ހަމަޖެހުން ހޯދުމާއި އަދި 24 ގަޑިއިރު މެދުނުކެނޑޭ ހިދުމަތުގެ ގޮތުގައި އެމް-ފައިސާ ބޭނުންކުރުން ކޮންމެ ވަގުތަކު، ކޮންމެ ތަނެއްގައި ވެސް، މެދުކެނޑުމެއް ނެތި ހިދުމަތް ކަށަވަރުކުރުން ހިމެނެއެވެ.