ޚަބަރު
އެއްވެސް ތަނެއްގައި ހަމަނުޖެހުން ހިންގުން ހަރުކަށި އިބާރާތުން ކުށްވެރިކުރަން: ރައީސް ޑރ މުއިއްޒު

އެއްވެސް ތަނެއްގައި ހަމަނުޖެހުން ހިންގުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ދިން ހަމަލާ އަށް އިޝާރަތްކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ރައީސް ވިދާޅުވީ ހަމަނުޖެހުންތަކަށް ސިޔާސީ މައިދާނުގައި ޖާގައެއް ނޯންނާނެ ކަމަށާއި ކޮންމެ ތަނެއްގައި ވެސް ހަމަނުޖެހުން ހިންގުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

އޭގެ އިތުރުން ރައީސްގެ ޕޯސްޓްގައި ވަނީ ހެޔޮއެދުންތައް އޮތީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޓް ޓްރަމްޕް އާއި ޓްރަމްޕްގެ އާއިލާގެ އިތުރުން ހަމަލާގައި ޒަހަމްވި އެހެން މީހުން ޝާމިލު ވާކަމަށެވެ.

ޓްރަމްޕް އަށް ހަމަލާ ދީފައިވަނީ ރިޔާސީ ކެމްޕޭން އެއްވުމުގައި ވާހަކަދައްކަވަން ހުންނަވަނިކޮށެވެ. މި ހަމަލާ ޕެންސިލްވޭނިއާގައި ދީފައިވާ އިރު ރިޕޯޓުތައް ބުނާ ގޮތުގައި މި ހަމަލާގައި ސީރިއަސް ޒަހަމެއް ލިބިފައި ނުވެއެވެ.

އުމުރުން 78 އަހަރުގެ ޓްރަމްޕް ޕެންސިލްވޭނިއާގައި ބޭއްވި އެއްވުމެއްގައި ބަޑިން ހަމަލާދޭން މަސައްކަތްކުރީ އޭނާ ޕޯޑިއަމްގައި ވާހަކަ ދައްކަން ހުންނަވަނިކޮށެވެ.

ރަސްމީ އިދާރާތަކުން ބުނީ މި ހާދިސާ ތަހުގީގުކުރަމުން ގެންދަނީ ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު މައްސަލައެއްގެ ގޮތުގައި ކަމަށެވެ.

ބަޑީގެ އަޑުފައްގަނޑާ އެކު ޓްރަމްޕް އޭނާގެ ކަނާތްފަރާތު ކަންފަތް މަތީ އަތް އެޅުއްވި އެވެ. އެއާ އެކު މޫނުމަތީގައި ލޭ ހުއްޓާ ފެނުނެވެ.

ސީކްރެޓް ސާވިސްގެ އެޖެންޓުން ހަމަ އެވަގުތު ސްޓޭޖަށް އަރައި ޓްރަމްޕް ވަށާލުމަށް ފަހު ހަރުކަށިކަމާ އެކު ޓްރަމްޕް ސްޓޭޖުން ބާލައިގެން ގެންދިޔަ އެވެ. އޭރު ވެސް ޓްރަމްޕް ގޮށްމުއްކަވައިގެ ހުންނަވައި މައްޗަށް އަތް ހިއްލަވައި، އޭނާ ހުންނެވީ ގަދަ ހިތްވަރުގައި ކަމުގެ ނިޝާން ދައްކާލި އެވެ.

މި ހަމަލާ ދީފައި މި ވަނީ މިހާރުގެ ރައީސް ޖޯ ބައިޑެންގެ ސިއްހީ ހާލުކޮޅާ ހެދި އޭނާ ރިޔާސީ ރޭހުން ވަކިވެވަޑައިގަތުމަށް ޕްރެޝަރު ބޮޑުވެފައި ވަނިކޮށެވެ. ހަމަލާއަށް ފަހު ބައިޑެން ވިދާޅުވީ މިފަދަ އަނިޔާވެރި އަމަލުތަކަށް އެމެރިކާގައި ޖާގައެއް ނޯންނާނެ ކަމަށެވެ.

“ޓްރަމްޕް ސަލާމަތުން ހުންނެވީތީ އުފާކުރަން،” ބައިޑެން ނެރުއްވި ބަޔާނުގައި ވިދާޅުވި އެވެ. “ޓްރަމްޕާއި އޭނާގެ އާއިލާ އާއި ރެލީގައި ތިބި އެންމެންނަށް ވެސް އަޅުގަނޑުގެ ހެޔޮ ދުއާތައް ފޮނުވަން އަދި ޓްރަމްޕަށް އަވަސް ޝިފާއަކަށް އެދެން.”

ބައިޑެންގެ ބަޔާން އޭނާ ވަނީ ޓީވީ މެދުވެރިކޮށް ވެސް ދެއްވައިފަ އެވެ. ގޭގައި ހުންނަވައި ދެއްވި ބަޔާނުގައި ވިދާޅުވީ މިކަހަލަ އަމަލުތައް ހިންގައިގެން ނުވާނެ ކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!