ޚަބަރު
ބުލީ ކުރުމަކީ ނަތީޖާ ހިތިވެދާނެ ކަމެއް: ޒައިދު

އެއްވެސް މީހަކު އަނެކާއަށް ބުލީކޮށް ހެދުމަކީ އެކަމުން ނުރަނގަޅު ނަތީޖާތަކެއް ނިކުމެދާނެ ކަމެއްކަމުގައި ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

އަލީ ޒައިދު މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީ އޮފީސް ތެރޭގައި އިއްޔެ މެންދުރު ހިނގި މާރާމާރީއަކީ އެމްޑީޕީ އޮފީސް ތެރޭގައި ކުރަމުން އަންނަ ފުރައްސާރައިގެ ސަބަބުން ދިން ހަމަލާއެއްކަމަށް އެކަން ކުރި މީހާ ބުނުމުން އެކަން ކުރި މީހާގެ ވާހަކަތަށް ރިޢާޔަތްކޮށް ކަމަށް ބެލެވެއެވެ.

ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަނގާ ކުރުމުން ނިކުންނާގެ ނަތީޖާ ހިތި ވެދާނެ ކަމަށާއި އެންމެންވެސް މިކަމަށް ވިސްނަންޖެހޭ ކަމަށެވެ.

އެމްޑީޕީ އޮފީހުގައި އެ އޮފީހުގެ މުވައްޒަފެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) އަށް ހަމަލާދިން މީހާ މިއަދު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އެ މައްސަލާގައި ތުހުމަތު ކުރެވޭ 39 އަހަރުގެ މީހާ ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން އޭނާ ހައްޔަރު ކުރިއިރު، އެ ހާދިސާއަށް ފަހު މަންދީ ބުނެފައިވަނީ ޖަޒީލަކީ ގޯސް މީހެއް ނޫން ކަމަށާއި އޭނާއަށް ބޭނުން ވަނީ ފަރުވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށް، ބަންދު ނުކުރަން އޭނާ އެދޭ ކަމަށް މަންދީ ބުނެފައިވެ އެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!