ޚަބަރު
ކުޅުދުއްފުށި ސިޓީގައި އަލަށް ވިޔަފާރި ފެށުމަށް ބޭނުންވާ ފަރާތްތަކަށް ފައިނޭންސިންގ ސްކީމެއް ތައާރަފް ކޮށްފި

އަލަށް ވިޔަފާރި ފެށުމަށް ބޭނުންވާ ފަރާތްތަކަށް ފައިނޭންސިންގ ސްކީމެއް ކުޅުދުއްފުށި ސިޓީގައި ތައާރަފް ކޮށްފިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ އެ  ސިޓީގައި މަސައްކަތްތެރިން އިތުރުކުރުމަށާއި، އަލަށް ވިޔަފާރި ފެށުމަށް އަދި ކުދި ވިޔަފާރިތައް ފުޅާކުރުމަށް އެހީތެރިވުމުގެ ގޮތުން “މަސައްކަތްތެރިންނާއި ކުދިވިޔަފާރިތަކުގެ ފައިނޭންސިންގ ސްކީމް”ގެ ނަމުގައި ސްކީމެއް މިހާރު ތަޢާރަފު ކޮށްފައިވާ ކަމަށެވެ.

އެ ސްކީމްގެ ދަށުން ދޫކުރަނީ ގިނަވެގެން 100،000 ރުފިޔާކަމަށް ވެސް އެކައުންސުލުން ވަނީ ބުނެފައެވެ.

އެގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ތައާރަފް ކުރެވުނު ސްކީމްގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެ ކަމަށް އެދޭ ފޯމް ހުށައެޅުމަށްވެސް ވަނީ ފުރުސަތު ހުޅުވާލާފައެވެ. އެކައުންސިލުން ބުނީ އެ ސްކީމަށް އެދޭ ފަރާތްތަކުން 15 އޯގަސްޓް ގެ ކުރިން ފޯމް ހުށައެޅަން ޖެހޭ ކަމަށެވެ.

ސްކީމްގެ 50 ޕަސެންޓު ހާއްސަ ކުރެވިފައިވަނީ އަންހެނުންނަށް ކަމަށްވެސް ވަނީ ބުނެފައެވެ.

ކުޅުދުއްފުށީ ކައުންސިލުން އެ ރަށު ވިޔަފާރިވެރިންނަށް ސްކީމެއް ތައާރަފުކޮށްފައިވާއިރު، އޭގެ ތެރޭގައި އަމިއްލަ އުފެއްދުންތަކާއްވެސް ހިމެނެއެވެ.  އޭގެ ތެރޭގައި ރޭނުމާއި ވަޑާމުގެ މަސައްކަތްތާއި، އަދި ފެހުމާއި، އަތްތެރި މަސައްކަތާއި، އިވެންޓް މެނޭޖްމެންޓާއި، ފަތުރުވެރިކަމުގެ ސިނާއަތްވެސް ވަނީ ހިމަނާފައެވެ.

މިގެ އިތުރުން ކާބޯތަކެތި އުފެއްދުމާއި، ފޮޓޯގްރަފީއާއި ދަނޑުވެރިކަމުގެ އިތުރުން ކުޅިވަރާއި، އަދި އަދި ފިޓްނަސްވެސް ހިމެނެއެވެ

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!