ޚަބަރު
މިސަރުކާރުން ކުރާހާވެސް ކަމަކީ ކޯލިޝަން ހިމާޔަތް ކުރުން : ޝިޔާމް

މިހާރު މިއޮތް ސަރުކާރުން ކުރާހާވެސް ކަމަކީ ކޯލިޝަން ހިމާޔަތް ކުރުން ކަމަށާއި، ރައްޔިތުންނަކީ ކޮބައިކަމެއްވެސް މިސަރުކާރަކަށް ނޭގޭކަމަށް އިދިކޮޅު ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ މިހާރު މާލޭ ކާނިވާ ސަރަހައްދުގައި ކުރިއަށްދާ ޕްރޮގްރެސިވް ކޯލިޝަނުގެ އައްޑަނަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޝިޔާމް ވިދާޅުވީ، މިއަދު ޤައުމުގެ ހާލަތު ދަށްވެ، މަސްވެރިންނާއި، ދަނޑުވެރިންނަށް ކައިގެން ބޮއިގެން ނޫޅެވޭ ހާލަތަށް ގޮސްފައިވާއިރު، މިހާލަތުން އަރައިގަތުމަށް މިސަރުކާރުން އެއްވެސް މަސައްކަތެއް ކުރާތަން ނުފެންނަކަމަށެވެ. އަދި ކޯވިޑްގައި ލިބުނު ހުރިހާ މަންފާއެއް ހޯދައިގެން އަނެއްކާވެސް ވެރިކަމަށް އަންނަން ކުރާ މަސައްކަތަކީ ދިވެހި ރައްޔިތުން ބަލައިގަންނާނެ ކަމެއްނޫންކަމަށް ޝިޔާމް ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުގެ “އައްޑަނަ” ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ، ހުކުރު ޚުތުބައަކީ މި ސަރުކާރުގެ ވުޒާރާއަކުން ނިކުންނަ އެއްޗެއް ކަމަށާއި އެ ވުޒާރާގައި މިއަދު ހުންނެވީ އަދާލަތު ޕާޓީގެ ބޭފުޅެއް ކަމަށެވެ. އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ އަކީ ސިޔާސީ މަންފާއެއް ހޯދުމަށް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ މީހެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ހުކުމް ކުރެއްވި ދުވަހުން ފެށިގެން މިއަދާއި ހަމައަށް ދިވެހި ރައްޔިތުންނަށް އެތަކެއް ހިތްދަތިކަމެއް ކުރިމަތިވަމުންދާކަމަށް ޝިޔާމް ވިދާޅުވިއެވެ. އެތައް ބަޔަކު ވަޒީފާއިން ވަކިކޮށް، ޤައުމުގެ ހަރުމުދާތަކާއި، ފަޅުތަކާއި ރަށްތައް ވިއްކަމުން ދިއުމާއި، އަޑިނޭގޭ އެގްރީމަންޓްތައް ހަދަމުންދާއިރު، މިކަންކަމަކީ ހުކުމް ކުރެއްވި ފަނޑިޔާރުންނަށް ޖަވާބު ދެވޭނެ ވަރުގެ ކަންތައްތަކެއްތޯ ޝިޔާމް ސުވާލު ކުރެއްވިއެވެ.

ޝިޔާމް ވިދާޅުވީ މިހާލަތުގައި ރައީސް ޔާމީނަށް ސަރުކާރުގެ ކޯލިޝަންތެރެއިން ފާޑުވިދާޅުވާ ބޭފުޅުންނަކީ އަމިއްލަ މަސްލަހަތުގައި ފާޑުކިޔާ މީހުންކަމަށެވެ. މިއަދު މުޅި ގައުމު ފެނިގެންދަނީ ބިކަހާލުގައި އޮތްތަން ކަމަށާއި، ރައްޔިތުންނަަށް އަޅާނެ އެއްވެސް މުއައްސަސާއެއް މިޤައުމުގައި ނެތްކަމަށް ޝިޔާމް ވިދާޅުވިއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!