މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ސައުތު ރީޖަން ކޮމާންޑަރ އަތޮޅުގައި މަސައްކަތް ކުރާ ފުލުހުންގެ މެދުގައި ކޮންމެ އަހަރަކުވެސް ބާއްވާ ފުޓްސަލް މުބާރާތް ” ސައުތު ބްލޫސް ފުޓްސަލް މުބާރާތް 2024″ މިރޭ ތިނަދޫ ސިޓީގައި ގައި ފަށާނެއެވެ.
ތިނަދޫ އާރު އަވަށު ފުޓްސަލް ދަނޑުގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތް ފަށާނީ މިރޭ 8:30 ގައެވެ.
މުބާރާތުގައި 4 އަތޮޅުން 4 ޓީމް ބައިވެރިވެފައިވާއިރު
ކޮންމެ ރެޔަކުވެސް 2 މެޗް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
ލީގް އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓް ލިބޭ 2 ޓީމް ފައިނަލްގައި ކުޅޭ މި މުބާރާތުގެ ފައިނަލް މެޗް އޮންނާނީ 2024 ޖުލައި 19 ވާ ހުކުރު ދުވަހު 20:30 ގައި ތިނަދޫ އާރު އަވަށު ފުޓްސަލް ދަނޑުގައި ކަމަށް މުބާރާތް އިންތިޒާމު ކުރާ ފަރާތުން ހުވަދޫ މީޑިއާ އަށް މައުލޫމާތު ދެއެވެ.
މިއަހަރު މިމުބާރާތް ރާވާ އިންތިޒާމް ކުރަނީ ގދ.ތިނަދޫ ހިންގުންތެރި ޖަމިއްޔާއެއްކަމަށްވާ ހުވަދޫ ރިކްރިއޭޝަންގެ ފަރާތުންނެވެ.
ސައުތު ބްލޫސް ފުޓްސަލް މުބާރާތަކީ ފުލުހުންގެ މެދުގައި ވަރަށް މަޤްބޫލު މުބާރާތެކެވެ. މިރޭ ފަށާ މުބާރާތުގައި އައްޑޫ ސިޓީ ،ފުވައްމުލަކު ސިޓީ އަދި ހުވަދު އަތޮޅުގެ ގއ އާއި ގދ ގެ ޓީމު ބައިވެރިވާނެއެވެ.

