ޚަބަރު
އެވިޑް ކޮލެޖުުގެ ފަރާތުން އޯ ލެވެލް ނިންމި ދަރިވަރުންނަށް ހިންގި “ސޮފްޓް ސްކިލްސް” ޕްރޮގްރާމް ނިންމާލައިފި

އެވިޑް ކޮލެޖް ތިނަދޫ ކެމްޕަހުން މިއަހަރުގެ އޯ ލެވެލް ނިމުނު ދަރިވަރުންނަށް ޚާއްޞަކޮށްގެން “ސޮފްޓް ސްކިލްސް” ނަމުގައި ބޭއްވި ވޯރކްޝޮޕް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ.

30 ދަރިވަރުން ބައިވެރިވި މި ވޯރކްޝޮޕްގައި ހުވަދު އަތޮޅުގެ އެކި ރަށްރަށުން މިއަހަރުގައި އޯލެވެލް ނިމުނު ދަރިވަރުން ބައިވެރިވިއެވެ. މިޕްރޮގްރާމްގައި ދަރިވަރުންނަށް އިންޓަރވިއު ގްރޫމިންގ އަދި ކޮމިއުނިކޭޝަން ސްކިލްސް އާއި ބެހޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ހަމައެއާއިއެކު ވަނަވަރު (ސީ.ވީ) ރަނގަޅު ފެންވަރެއްގައި ތައްޔާރުކުރާނެ ގޮތްވެސް ވަނީ ބުނެފީފައެވެ.

މީގެ އިތުރުން މި ވޯރކްޝޮޕް ނިމިގެން ދިޔައިރު އެވިޑް ކޮލެޖް ތިނަދޫ ކެމްޕަހުގައި ހުރި ފުރުޞަތުތަކާއި ބެހޭ ގޮތުންވެސް ވޯރކްޝޮޕްގެ ބައިވެރިންނަށް ކެރިއަރ ގައިޑެންސް ސެޝަނެއްގެ ގޮތުގައި މަޢުލޫމާތު ދީފައިވެއެވެ. އެގޮތުން އެވިޑް ކޮލެޖް ގެ ހުރިހާ ފެކަލްޓީތަކުގެ ޑީނުން ބައިވެރިވެ އެފެކަލްޓީ ތަކުން ހިންގާ ޕްރޮގްރާމްތަކާއި ބެހޭ މަޢުލޫމާތުވެސް ޙިއްޞާ ކޮށްފައިވެއެވެ.

އެވިޑް ކޮލެޖްގެ ސެޕްޓެމްބަރ އިންޓޭކަށް ފުރުޞަތު ހުޅުވާލެވިފައިވާއިރު އެކަމާއި ގުޅޭ މަޢުލޫމާތުވެސް ބައިވެރިންނާއި ޙިއްޞާ ކުރުމާއި އެވިޑް ކޮލެޖްގައި މުޅިން އަލަށް ހުޅުވިގެންދިޔަ ފެކަލްޓީއެއް ކަމަށްވާ އެވިޑް ސްކޫލް އޮފް އޭވިއޭޝަން ފެކަލްޓީގެ ޑީން މުހައްމަދު ޝަރީފްވެސް ބައިވެރިވެވަޑައިގެން އޭވިއޭޝަން ދާއިރާގައި ހުރި ފުރުޞަތުތަކާއި ބެހޭގޮތުން މަޢުލޫމާތު ވަނީ ދެއްވާފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!