ރިޕޯޓް
ހުވަދޫ ރައްޔިތުންގެ ހުވަފެން ހަގީގަތަކަށް، ތިނަދޫ ސިޓީގައި ލޮލުގެ ހާއްސަ ކްލިނިކެއް ހުޅުވައިފި

ކޮންމެ އިންސާނަކަށްވެސް ލިބިފައިވާ ނިޢުމަތްކުގެ ބޮޑުކަން އިހުސާސް ކުރެވެނީ އެ ނިޢުމަތެއް ފިލާ ދިއުމުންނެވެ. އިންސާނުންނަށް ދެއްވާ އެންމެ އަގުބޮޑު އެއް ނިޢުމަތަކީ ދުޅަހެޔޮ ސިއްޙަތެއްގައި ތިބެވުމެވެ. އެގޮތުން ހިނގާބިގާވެ އުޅުމަށާއި ކުރާ މަސައްކަތްތަކަށާއި އާންމު ދިރިއުޅުމަށް އެންމެ ބޮޑު ލުއިފަސޭހަކަމެއް ގެނުވައިދެނީ ލޮލުގެ ފެނުމުގެ ނިޢުމަތުންނެވެ.

މި ނިޢުމަތަކީ އަޅާ ނުލެވި ދޫކޮށްލެވިއްޖެނަމަ ފަހުން އިއާދަ ނުވެދާނެ ނިޢުމަތެކެވެ. އެހެން ކަމުން ހުރިހާ އުމުރެއްގައިވެސް ލޮލަށް ވަރަށް ބޮޑު އިސްކަމެއްދި ބަލަހައްތަން ޖެހެއެވެ. ކަން މިހެން އޮތް ނަމަވެސް މިވަގުތު ހުވަދު އަތޮޅުގައި މި ޚިދުމަތް އެންމެ އެކަށޭނަ ގޮތަކަށް ދެވެން ނެތުމަކީ އެކަމުގެ ތަކްލީފު ވަރަށް ބޮޑަށް ތަހަންމަލް ކުރަންޖެހިފައިވާ ކަމަކަށްވާތީ، އަމިއްލަ ފަރާތަކުން އިސް ނަގައިގެން ގދ. ތިނަދުގައި “އިއި ޒޯން” މި ނަމުގައި ލޮލުގެ ކްލިނިކެއް ޤާއިމް ކޮށްފިއެވެ. އުންމީދަކީ އެކަށޭނަ ޚިދުމަތެއް މި ކްލިނިކުން ލިބި ދިވެހި ރައްޔިތުންގެ ލޯތަކަށް ފިނިކަން ގެނުވައިދޭ ތަނަކަށް މިތަން ވެގެން ދިއުމެވެ.

މި ކްލިނިކްގެ މަޤްސަދަކީ ހުވަދު އަތޮޅުގައި އެކަށޭނަ ލޮލުގެ ފަރުވާ ދެވޭނެ މަރުކަޒެއް ނެތުމުން ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދީ މާލެ އަދި ރާއްޖެއިން ބޭރަށް ނުގޮސް ރަށުގައި ތިބެގެން ލޮލުގެ ގިނަ ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. ކޮންމެ ކަމަކަށް މާލެ ގޮސްގެން ބޮޑު ޚަރަދުކޮށްގެން ބޭސް ފަރުވާ އާއި އެހެނިހެން ޚިދުމަތަށް ދިގު ކިއުގައި މަޑުކުރުމުގެ ބަދަލުގައި ތަކުލީފު ކުޑަގޮތަކަށް ލޮލުގެ ބަލިތަކަށް އެކަށޭނަ ފަރުވާއެއް ހޯދައިދިނުމަކީ މި ކްލިނިކުގެ އަމާޒެކެވެ.

މި މަރުކަޒުގައި ބޭނުންކުރާ މެޝިނަރީޒް އަދި ގިނަ ބޭސްތަކަކީ ޓެކްނޮލޮޖީގެ ރޮނގުން އެންމެ ކުރިއަރާފައިވާ ބްރޭންޑް ތަކާއި ޤައުމުގަކުން އެތެރެކޮށްފައިވާ ތަކެއްޗެވެ.

ތިނދޫސިޓީ، އައިޒޒޯން އޮޕްޓިކަލްސް

އެގޮތުން ކެނެޑާގެ އެޑްވާންސް ބޭސްތަކާއި ލޮލުގެ ލެންސް އަދި ދުނިގަނޑުވެސް މިތަނުން ލިބެން ހުންނާނެއެވެ. އޭޝިއާގެ ގިނަ ޤައުމުތަކުން ލިބެން ނުހުންނަ ބައެއް ލޮލުގެ ބޭސްތަކާއި އައިޑްރޮޕްސް އަދި ޖެލްފަދަ ތަކެތި ބޭނުންކުރާ މި ކްލިނިކަކީ ހުވަދު އަތޮޅުގެ ލޮބުވެތި ރައްޔިތުން ލޮލުގެ ޚިދުމަތަށް އުފުލަމުން ގެންދިޔަ ތަސައްލީއަށް ޖަހާދެވޭ ސިއްކަ އަކަށް ވެގެންދާނެކަމަށް ބެލެވެއެވެ.

ލޮލުގެ އެންމެހާ މައްސަލަ ދެނެގަތުން

  • ލޮލަށް ދިމާވާ އާމު މައްސަލަ ދެނެގަނެ އެ މައްސަލަތަކުގެ ހައްލު ހޯދައިދިނުން

ލޮލުގެ ނަމްބަރު ނެގުމާއި ނަމްބަރު އައިނު އަދި ނަމްބަރު ލޮންޓެކްޓް ލެންސު ހެއްދުން

  • ލޮލުގެ ނަމްބަރު ދެނެގަނެ އެ ނަމްބަރަށް އައިނާއި ކޮންޓެކްޓް ލެންސް ހެއްދުން

ޑްރައިވިންގް ލައިސަސންސް ހެއްދުމަށް ހަދާ ލޮލުގެ ޗެކަޕް ހެއްދުން

ޑްރައިވަރުން ހައްދަންޖެހޭ މެޑިކަލް ހަދައިދީ ރިޕޯޓް ތައްޔާރުކޮށްދިނުން

ދެ ލޮލުގެ ފެނުން އެއްވަރު ކޮށްދިނުން (ލޭޒީ އައި ޓެކްނިކް)

ދެ ލޮލުގެ ފެނުން ދެ ވަރަކަށް ހުންނަނަމަ އެއް ލޮލަށް ޕްރެޝަރު ބޮޑުވާ މައްސަލަ ދެނެގަނެ، ފެނުން ދަށް ލޮލަށް އިތުރު ފަރުވާދީ ދެލޮލުގެ ފެނުން އެއްވަރުކޮށްދިނުން

ކޮމްޕިއުޓަރ ވިޝަން ސިންޑްރޯމް (ސީވީއެސް)

ކޮމްޕިއުޓަރާއި، ފޯނު ފަދަ ތަކެތި މާ ގިނައިން ބޭނުންކުރުމުގެ ސަބަބުން ލޯ ހިކުމާއި ހިރުވުން ދިމާވާތީ އެކަމަށް ހައްލު ހޯދައިދިނުން. އަދި ލޮލަށް އެ ވަންނަ ގަދަ އަލިން ލިބޭ ގެއްލުންތަކުން ދުރުކޮށް ދިނުމަށް އެހީތެރިވެދިނުން

ޑްރައި އައި ސިންޑްރޯމް (ޑީ އައި އެސް)

އަބަދު ލޯ ރަތްވެ، ހިރުވާ، އެލާޖިކްވާ ކަމަށް ޤަބޫލުކުރެވޭ ނަމަ އެކަމަށް ލަސްނުކޮށް ފަރުވާ ހޯދަން ޖެހެއެވެ. ބައެއްފަހަރު ދިރިއުޅުމުގެ ވައްތަފާޅިއާއި މާހައުލާއި އަދި ނުގުޅޭ އެއްޗަކުންވެސް މިފަދަ މައްސަލަ ކުރިމަތިވެއެވެ.

ކަސްޓަމައިޒް ސަންގްލާސް

އެމިހެއްގެ މަސައްކަތާއި ނުވަތަ ޕްރޮފެޝަންއާއި ގުލޭ ގޮތަށް އަވި އައިނު ބޭނުން ކުރެވިދާނެއެވެ. އެގޮތުން ކަންޑުމައްޗަށް އަރާ މީހުން އާދައިގެ އައިނު އެޅުމުން އެ ލިބޭ ގެއްލުން ކުޑަކުރުމަށް އެ މަސައްކަތާއި ގުލޭ އައިނެއް އެޅުން މުހިންމެވެ. އަދި ވެލްޑިން ފަދަ ގަދަ އައްޔަށް ލޯ ހާމަކުރެވޭ މަސައްތަކް ކުރާ ފަރާތްތަކަށް ޚާއްސަ އަވި އައިނުވެސް މިތަނުން ހުރެއެވެ. އަދި ވެލްޑިން ފަދަ ގަދަ އައްޔަށް ލޯ ހާމަކުރެވޭ މަސައްތަކް ކުރާ ފަރާތްތަކަށް ޚާއްސަ އަވި އައިނުވެސް މިތަނުން ހުރެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!