ޚަބަރު
ގައިދީންނަށް ފޯނު ފޯރުކޮށްދޭ ކަރެކްޝަން އޮފިސަރަކު ގިނަ އަދަދެއްގެ ފޯނުތަކަކާއެކު ހައްޔަރުކޮށްފި

ޖަލުގައި ބަންދުކޮށްފައި ތިބޭ ގައިދީންނަށް ފޯނު ފޯރުކޮށްދޭ ކަމުގެ ތުހުމަތުގައި ކަރެކްޝަން ސާވީސްގެ އޮފިސަރަކު ހައްޔަރުކޮށްފި އެވެ.

އެ އޮފިސަރު ހައްޔަރުކޮށްފައިވަނީ މީގެ ތިން ދުވަސް ކުރިންނެވެ.

ފުލުހުންގެ އިންޓެލިޖެންސް އަށް ލިބުނު މައުލޫމަތަކާއި ގުޅިގެން ބަލައިފާސްކުރުމުގެ ތެރޭގައި ހައްޔަރުކުރި އޮފިސަރުގެ އަތުން ފޯނާއި ޗާޖަރު ހޯދާފައިވާ ކަމަށެވެ.

ގައިދީންނަށް ފޯނު ފޯރުކޮށްދޭ މައްސަލާގައި ޖަލު އޮފިސަރަކު ހައްޔަރުކޮށްފައިވާއިރު ދާދި ފަހުން ޖަލުގެ 8 ޔުނިޓެއް ރެއިޑްކޮށް 29 ފޯނާއި އެއާއި ގުޅުންހުރި އިލެކްޓްރިކް ސާމާނުތަކެއް ހޯދާފަ އެވެ.

ގައިދީންނަށް މަސްތުވާތަކެތި ވިއްކާ، ކަރެކްޝަންސް އޮފިސަރުންގެ ނެޓުވޯކެއްވެސް މި ފަހުން ވަނީ އަތުލައިގަނެފަ އެވެ. އެ ނެޓުވޯކްގައި ބައިވެރިވާ 18 އޮފިސަރަކު އަތުލައިގަނެފައިވެ އެވެ. އެއީ ޖޫނިއާ ރޭންކިންގައި ތިބި އޮފިސަރުންތަކެކެވެ.

އެ ހުރިހާ އޮފިސަރުންގެ އެކައުންޓަށް ޖުމުލަ 73 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން މީގެ ކުރީން މިނިސްޓަރު އިހުސާން ވަނީ ހާމަކުރައްވާފަ އެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!