ޚަބަރު
މި ސަރުކާރުން ސިޔާސީ ޚުތުބާއެއް ނުލިޔާނެ : ޒާހިރު

މި ސަރުކާރުން ސިޔާސީ ޚުތުބާއެއް ނުލިޔާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒާހިރު އަލީ މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޒާހިރު އެގޮތަށް ވިދާޅުވެފައި ވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްޔެ އިއްވި ހުކުރު ޚުތުބާ އަށް ސިޔާސީ ކުލަޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެފައިވަނިކޮށެވެ.

ރޭ އޮތް އިދިކޮޅު ކޯލިޝަންގެ އައްޑަނަ ޖަލްސާގައި މެމްބަރ ޝިޔާމްގެ ވާހަކަތަކަށް ރައްދު ދެއްވައި ރާއްޖޭގެ އޮންލައިން ނޫސް “ވަގުތު”އަށް ދިން ބަސްދީގަތުމެއްގައި ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރެއްވީ ޚުތުބާގައި ސިޔާސީ ނުކުރަން ކަމަށެވެ.

އަދި އެގޮތުގެ މަތިން މިހާތަނަށް އެއްވެސް ޚުތުބާއެއް ސިޔާސީ ކޮށްފައިނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށް ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ސްލޮޓްގައި މިނިސްޓަރުކަމަށް ވަޑައިގެންނެވި ޒާހިރު ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އިސްލާމިކް މިނިސްޓަރު ޒާހިރު އަކީ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ އަދާލަތު ޕާޓީގެ ބޭފުޅަކަށް ވާއިރު އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ އަކީ ސިޔާސީ މަންފާއެއް ހާސިލުކުރަން ކޮންމެފަދަ ކަމެއްވެސް ކުރައްވަފާނެ ބޭފުޅެއް ކަމަށެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!