ޚަބަރު
މަސްވެރިކަމާއި ބެހޭ ވަޒީރު، ރީނދޫ އުރަހަ ކަންނެއްޔާއި އެއްކޮށް ފަތާލަނީ

ދިވެހި ރާއްޖޭގެ މަސްވެރިކަމާއި ބެހޭ ވަޒީރު، ރީނދޫ އުރަހަ ކަންނެއްޔާއި އެއްކޮށް ފަތާލާ މަންޒަރެއް މީސްމީޑިޔާގައި ދައުރުވަމުން އެބަދެއެވެ.

ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު އަމިއްލަފުޅު ޓްވިޓާގައި ޕޯސްޓްކޮށްފައިވާ ވީޑިއޯއެއްގައި، ހުރަވަޅި ރިސޯޓްގެ ފަޅުތެރޭގައި ފީނަމުން ދިޔައިރު، ވަރަށް ކައިރިން ރީނދޫ އުރަހަ ކަންނެލީގެ ކުޑަ އައިނެއް އަޅާފައިދާ މަންޒަރު ފެނެއެވެ.

ޑރ. ހުސައިން ކޮށްފައިވާ އިތުރު ޓްވީޓެއްގައި، ކަންނެލި ބައިގަނޑު ފަޅުތެރެއިން ކަނޑަށް ނުކުންމުމަށް އެހީތެރިވާ މަންޒަރު ދައްކުވައިދެއެވެ. އަދި މިއީ މިފަދަ ދިރޭ ކަންނެލި ބައިގަނޑެއް އެންމެ ކައިރިން ބަލައިލުމުގެ ފުރުޞަތު ލިބުނު ފަހަރު ކަމުގައިވެސް ޓްވީޓްގެ ކެޕްޝަނުގައި ހާމަކުރައްވާފައި ވެއެވެ.
މިނިސްޓަރގެ މިޓްވީޓަށް ރައްދު ދެއްވަމުން އިތުރު ފަރާތަކުން ހާމަކޮށްފައިވާގޮތުގައި، ތަފާތު އެތަށް ފިޝަރީޒް މިނިސްޓަރުން ފެނިފައިވީ ނަމަވެސް އެއްވެސް ފިޝަރީޒް މިނިސްޓަރަކު ކަނޑަށް ގޮސް މަސްމަހާ މެހި ބަލައި ޗެކްކުރުމުގެ މަސައްކަތް ކޮށްފައި ނުވާކާމަށެވެ. މިއީ މަސްމަހާމެއްސަށް މިނިސްޓަރާއި ބައްދަލުކުރުމަށް ލިބުނު ފުރަތަމަ ފަހަރު ކަމުގައި ހާމަކޮށް، މިނިސްޓަރ ޑރ. ހުސައިންއަށް ތަޢުރީފު ކޮށްފައިވެއެވެ.
ކަނޑުގައި ދިރިއުޅެމުންދާ، ކަޅުބިލަ މަސް، ރާގޮނޑި، ލައްޓި، ކަންނެލި ފަދަ މަސް އައިންތަށް އެތެރެވަރީގައި ދަތުރުކުރުމުގެ ތެރޭގައި އޮޅިގެން ރަށްރަށުގެ ފަޅުތެރެއަށް ވަދެވެއެވެ. އަދި މަސްވެރިކަމާއި ބެހޭ ވަޒީރާއި ބައްދަލުވުމުގެ ފުރުޞަތު މިފަހަރު މި މަސްއައިނަށް ލިބުނީއެވެ.
ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!