ފެންޑާ
އަމާ ބުނީތީ ފަރަށް ދާ އުސޫލުން ފޮޓޯޝޮޕް ބޭނުން ކުރާ މީހެއް!

ފޮޓޯޝޮޕް ތަޖުރިބާކާރުންނަކީ އަމިއްލަ ވިސްނުމާއި އެއްގޮތައް ކޮންމެ ފޮޓޮއެވެސް ބަދަލުކޮށްލުމުގެ މޮޅު ހުނަރު ލިބިގެންވާ ބައެކެ. ފޮޓޯގެ އަސްލު އޮޅޭވަރަށް އެޑިޓް ކުރުމާއި، ތަފާތު އެކި ޑިޒައިން ތައް ހެދުމުގެ އިތުރުން، ފޮޓޯ ޝޮޕްގެ އެހީގައި ސަރުކާރުގެ ބޮޑެތި ލިޔުންތައް ބަދަލު ކޮށް ނަފާ ހޯދައިގެން ހައްޔަރުގައި ވެސް މީހުން އެބަތިއްބެވެ.

މި ސޮފްޓްވެއާ އަކީ ފޮޓޯގެ ދުނިޔޭގެ އެންމެ ބާރުގަދަ އެއް ސޮފްޓްވެއާއެވެ. މިގޮތުން ޖޭމްސް ފްރައިޑްމަން ނަމަކަށް ކިޔާ ޑިޖިޓަލް އާޓިސްޓަކީ ފޮޓޯޝޮޕަށް ވަރަށް މޮޅު މީހެކެވެ. މީނާ ފޮޓޯޝޮޕުން ސަކަރާތްޖަހާތާ އަހަރުތަކެއް ވެއްޖެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުންގެ އެދުމުގެ މަތިން ފޮޓޯތައް އެޑިޓްކުރަމުން ދާއިރު މީނާ މިކަން ކުރަނީ ދެވަނަ ފަހަރަށް މީނާގެ ގާތުގައި ކަމަކު ނުކިޔާ ވަރަށެވެ.

މީހުންގެ އެދުންތައް ވަރައް ސީރިއަސްކޮށް ނަގައި ފޮޓޯހަދަމުން ދަނީ ހީވެސް ނުކުރާގޮތަކަށެވެ. އެއް އަންހެނަކު އޭނާ ނެގި ފޮޓޮއެއްގެ ފަހަތުގައި ހުރި އޭނާގެ ރަހުމަތްތެރިޔަކު ފޮހެލަން އެދުމުން ޖެހިގެންހުރި ފާރާއި އެއްގޮތްކޮށް ދެލޮލާއި ދަތްޕިލައެއް ލިޔެވެ. ފޮޓޯ ފޮނުވަމުން މީނާ ރައްދުގައި “ވަޓް ފްރެންޑް” އޭ ވެސް ޖެހިޔެވެ. މިގޮތައް އަދި ބައިވަރު އެބަހުއްޓެވެ.

ޖޭމްސް ފްރައިޑްމަން އަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބެން ފެށީ، މީހުންގެ އެދުންތައް ޖޭމްސް ފުރިހަމަ ކުރާގޮތް މާބޮޑަށް ރަނގަޅުވީމައެވެ. “އަމާ ބުނީތީ ފަރަށް” ދާ އުސޫލުން މިހުންނަށް ޚިދުމަތް ދެމުން ދާ ޖޭމްސް ގެ ހެއްވާ މަޖާ ކަންކަމަށް ލޯބި ކުރާ ގިނަބަޔަކު އެބަތިއްބެވެ. އެގޮތުން އެނާގެ ޓްވިޓާރ ގައި މިހާރު 2 މިލިއަނާއި ކައިރި ކުރާ އަދަދަށް ފޮލޯވަރުން އެބަތިއްބެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!