ޚަބަރު
މަޖީދިއްޔާ ސުކޫލަށް ގަރުނެއް ވާން 1000 ދުވަސް! ސަރުކާރުން ކުލަގަދަކޮށް ފާހަގަ ކުރައްވާނެ: ޝަފީއު

މަޖީދިއްޔާ ސްކޫލަށް ޤަރުނެއް ފުރުން ސަރުކާރުން ކުލަގަދަކޮށް ފާހަގަކުރައްވާނެކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، މަޖީދިއްޔާ ސްކޫލަށް 100 އަހަރުފުރެން 1000 ދުވަސް ފެށުމުގެ ކައުންޓްޑައުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މަޖީދިއްޔާ ސްކޫލަށް ޤަރުނެއް ފުރުން ފާހަގަކުރުމަށްވަނީ 1000 ދުވަހުގެ ކައުންޓްޑައުންއެއް ފަށާފައެވެ. މިކައުންޓް ޑައުން ފައްޓަވާދެއްވީ ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢުއެވެ.

މިރަސްމިއްޔާތުގައި ވަޒީރުވަނީ ރާއްޖޭގެ ތަރައްޤީގައި މަޖީދިއްޔާ ސްކޫލްގެ ޙިއްސާ ވަރަށް ބޮޑުކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގައި ރައީސުލްޖުމްހުރިއްޔާކަން ކުރެއްވި 8 ބޭފުޅުން އެސްކޫލުގެ ދަރިވަރުންނަށްވުމަކީ އެކަމުގެ ހެއްކެތްކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން ރާއްޖޭގެ ތަޢުލީމީ ދައިރާގެ މުޅި ތާރީޚުގައިވެސް ފާހަގަކުރެވޭ މުހިއްމު މަރުކަޒުކަމުގައިވާ މަޖީދިއްޔާ ސްކޫލަށް ޤަރުނެއް ފުރުން ސަރުކާރުން ކުލަގަދަކޮށް ފާހަގަކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

1000 ދުވަސްފަހުން މަޖީދިއްޔާއަށް ޤަރުނެއް ވެގެންދާނެ ﷲ އިރާދަކުރެއްވިއްޔާ. 100 އަހަރުފުރުމުގެ މިޙަފްލާ ވެގެންދާނީ ސަރުކާރުން ވަރަށް އިސްކަމެއްދީގެން އެޑިއުކޭޝަން މިނިސްޓްރީއިން ކުރިއަށްގެންދާ ރަސްމީ ޙަރަކާތެއްގެ ގޮތުގައި އިރާދަކުރެއްވިއްޔާމު” ވަޒީރު ވިދާޅުވިއެވެ.

މަޖީދިއްޔާ ސްކޫލަށް ޤަރުނެއް ފުރެން 1000 ދުވަހުގެ ކައުންޓްޑައުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައިވަނީ އެސްކޫލްގައި 20 އަހަރާއި 10 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ބޭފުޅުންގެ އަގުވަޒަންކޮށް ޝަރަފް އަރުވާފައެވެ.
މަޖީދިއްޔާ ސްކޫލަށް ޤަރުނެއް ފުރޭނީ 2027 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!