ޚަބަރު
ދެރަށެއްގެ ޒުވާން އަންހެނުންގެ މެދުގައި އެކުވެރިކަމުގެ ވޮލީމެޗްތަކެއް

އަންހެނުން ކުޅިވަރުގެ ތެރެއަށް ނެރެ ދުޅަހެޔޮ ޞިއްޙަތެއް ލިބިފައިވާ ބަޔަކަށް އަންހެނުން ހެދުމާއި، އަންހެނުންނަކީ، އިސްނަގައިގެން ކަންކަން ކުރެވޭ ބާރުވެރި ބަޔަކަށް ހެދުމަށް ހަފުތާ ބަންދުގައި ގއ. ގެ 2 ރަށަކާއެކު ގެމަނަފުށިން އެކުވެރި ކަމުގެ ވޮލީ މެޗްތަކެއް ކުޅެފިއެވެ.

އެގޮތުން ސެޕްޓެމްބަރ 3 ވީ ހުކުރު ދުވަހު ގއ. ނިލަންދޫ ޒުވާން އަންހެނުންނާއި، ގެމަނަފުށީ ޒުވާން އަންހެނުންގެ މެދުގައި ގެމަނަފުށީގައި ކުޅުނު މެޗް ރޭގަނޑަށް އަނދިރިވެގެން ހުއްޓާލިއިރު 2 ސެޓް 2 ސެޓުން ވަނީ އެއްވަރުވެފައެވެ.

2 ވަނަ މެޗް ކުޅުނީ ގެމަނަފުށީ ޒުވާން އަންހެންޓީމާއި، ކޮލަމާފުށީ ޒުވާންއަންހެންޓީމެވެ. ސެޕްޓެމްބަރ 4 ވީ ހޮނިހިރު ދުވަހު ގއ. ކޮލަމާފުށީ ވޮލީ ކޯޓުގައި ކުޅުނު އެ މެޗް ސީދާ 2 ސެޓުން ކާމިޔާބު ކުރީ ގެމަނަފުށީ ޓީމެވެ. “ކޮލަމާފުށްޓާއެކު މެޗް ކުޅުނީ 3 ސެޓަށް. ވީމާ 2 ސެޓް އަޅުގަނޑުމެންނަށް ލިބުމުން މެޗް ނިންމާލީ” ގެމަނަފުށީ އަންހެނުންގެ ކޮމެޓީގެ ރައީސާ ފަރުޒާނާ ރަޝާދު ވިދާޅުވެފައިވެއެވެ.

ކުޅިވަރުގެ މިކަހަލަ ރޫހެއް އާލާކޮށް އަތޮޅުގެ އެކި ރަށްރަށުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަކީ، މުޅިއަތޮޅުގެ ތަރައްޤީއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެކެވެ. މިފަދަ ކުޅިވަރުތައް އަތޮޅު ފެންވަރުގައި މުބާރާތެއްގެ ސިފައިގައި ބޭއްވިގެން ދިޔުމަކީ ކުޅިވަރު ތަރައްޤީ ކުރުމަށް އެޅިގެންދާނެ ފިޔަވަޅެކެވެ. އަންހެނުންގެ ވޮލީފަދަ ކުޅިވަރުތައް ވަޅުޖެހިފައިވާ މިފަދަ ދަނޑިވަޅެއްގައި ގެމަނަފުށި، ނިލަންދޫ އަދި ކޮލަމާފުށިން މިދެއްކީ ވަރަށް ފުރިހަމަ ނަމޫނާއެކެވެ.

އަންހެނުންނަކީ ތަފާތު ކުޅިވަރުތައް ކުޅެ، ހެލިފެލިވެ އުޅޭ ތަފާތު ކަސްރަތުތައް ކޮށް އުޅޭ ދުޅަހެޔޮ ސިއްހަތެއް ލިބިފައިވާ ބާރުވެރި ބަޔަކަށް ވުމަކީ، ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް އެޅިގެންދާނެ ހަރުދަނާ ފިޔަވަޅެކެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!